Advertisement

ހޯލްސޭލް ވިޔަފާރިއަށް ވިލާގެ ހާއްސަ ފިހާރައެއް

11 މާރިޗު 2023 - 20:18 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ވިލާގެ ހޯލް ސޭލް ސެންޓަރު


ހޯލްސޭލް ވިޔަފާރިއަށް ވިލާގެ ހާއްސަ ފިހާރައެއް

11 މާރިޗު 2023 - 20:18 0

ވިލާ މާޓުގެ ކާމިޔާބާއެކު ރީޓެއިލް ވިޔަފާރީގެ އިތުރުން ހޯލްސޭލު ވިޔަފާރި ފުޅާކޮށް "ވިލާ ޓްރޭޑިން ހޯލްސޭލް ސެންޓަރު" ހުޅުވައިފި އެވެ.

އިބްރާހިމް ހަސަން ދީދީ މަގުގައި ހުންނަ ވިލާ ބިލްޑިންގުގައި ހުންނަ މި ފިހާރައިން ވިލާ ޓްރޭޑިންއިން އެތެރެކޮށް ވިއްކާ ހުރިހާ ބްރޭންޑެއްގެ މުދާ ލިބޭއިރު، މާލެ، ހުޅުމާލެ އަދި ދޯނިފަހަރުތަކަށް މުދާ ގެންގޮސް ވެސް ދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޖެނެރަލް ޓްރޭޑިންގް ކުންފުންޏެއްގެ ގޮތުގައި ވިލާ ގްރޫޕުގެ ދަށުން 2021 ގައި އުފެއްދި ވިލާ ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑުގެ މަގުސަދަކީ އެންމެ މަތީ ފަންތީގެ ތަކެތި ރަނގަޅު އަގެއްގައި ރައްޔިރުންނަށް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ. ރީޓެއިލް ވިޔަފާރީގެ ކާމިޔާބާއެކު، ސެޕްޓެމްބަރު 2021 ގައި ހޯލްސޭލްކޮށް ވެސް ވިލާއިން މުދާ ވިއްކަން ފެށި އެވެ. ހޯލްސޭލްކުރަމުން ދިޔައީ ހޮޓާ، ރެސްޓޯރެންޓާއި ރިސޯޓު އަދި ބޭކަރީތަކަށެވެ.

ވިލާ ޓްރޭޑިން އިން ހޯލްސޭލްކޮށް މި ވަގުތު ވިއްކާ ބުރޭންޑުތަކުގެ ތެރޭގައި ތަމީމް ބްރޭންޑުގެ (ސެލާ 2111 ގްރޭޑީންގްގެ ބާސްމަތީ ހަނޑޫ)، ޕްލެއިން ސޮލެއިލް، ބޮބްސް ރެޑްމިލް، އަލްމަރާއި، ފެނާ، ޓޯނީސް، އޮޓިމާ އަދި ހޮޓްޕެކް ބްރޭންޑުގެ މުދާ ހިމެނެ އެވެ.

ވިލާ ޓްރޭޑިންއިން ހޯލްސޭލްކޮށް ވިއްކާ އާންމު ތަކެތީގެ ތެރޭގައި އޮރެންޖު، ގަނޑުކުރި ކުކުޅު، ވެޖިޓަބަލް އޮއިލް 18 ލީޓަރ (ކައްކަން ބޭނުންކުރާ ތެޔޮ)، ބްރެޒިލް އިން އިމްޕޯޓުކޮށްފައިވާ ގެރިމަސް ހިމެނެ އެވެ.

  • ވިލާ ޓްރޭޑިންގްގެ ހޮޓްލައިން: 7667711
  • އީމެއިލް [email protected]