Advertisement

ކަސްޓަަމަރުންގެ ރައްކާތެރިކަމަށް ބީއެމްއެލް އިން އިތުރު ލޮގިން ނޮޓިފިކޭޝަން ފޮނުވަނީ

11 މާރިޗު 2023 - 10:31 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު

ބޭންކު އޮފް މޯލްޑިވްސްގެ މައި ބިލްޑިން


ކަސްޓަަމަރުންގެ ރައްކާތެރިކަމަށް ބީއެމްއެލް އިން އިތުރު ލޮގިން ނޮޓިފިކޭޝަން ފޮނުވަނީ

11 މާރިޗު 2023 - 10:31 0

ކަސްޓަމަރުންގެ ރައްކާތެރިކަމަށް އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންއަށް ލޮގިންކުރަން މަސައްކަތްކޮށް ނުވަދެވޭ ހާލަތްތަކުގައި ނޮޓިފިކޭޝަން ލިބޭ ގޮތަށް ބީއެމްއެލް އިން ހަމަޖައްސައިފި އެވެ.

ބޭންކުން ބުނީ މިއީ މިހާރު ވެސް ލޮގިން ކުރާ އިރު ފޮނުވާ އެލާޓްގެ އިތުރުން ކަސްޓަމަރުންނަށް ލިބޭނެ ނޮޓިފިކޭޝަނެއް ކަމަށެވެ. އަދ އިންޓަނެޓް އަދި މޮބައިލް ބޭންކިން އަށް ޖެހިޖެހިގެން ތިން ފަހަރު ވަންނަން މަސައްކަތްކޮށް ލޮގިން ނުވެވިއްޖެނަމަ މި ހިދުމަތް މެދުކެނޑޭ ހާލަތްތަކުގައި އީމެއިލް މެދުވެރިކޮށް ކަސްޓަމަރުންނަށް އެލާޓް ލިބޭނެ އެވެ.

"މި ނޮޓިފިކޭޝަންތައް ކަސްޓަމަރުންނަށް ފޮނުވަނީ އިންޓަނެޓް އަދި މޮބައިލް ބޭންކިން އަށް ވަންނަން މަސައްކަތްކުރާ ހާލަތެއްގައި ކަސްޓަމަރުންނަށް އެކަމުގެ މައުލޫމާތު ދިނުމުގެ ގޮތުންނެވެ. މި ހާލަތްތަކުގައި އީމެއިލް ފޮނުވާނީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ އީމެއިލް އެޑްރެހަށެވެ." ބީއެމްއެލް އިން ބުންްޏެވެ.

ބޭންކުން ވަނީ ސްކޭމްތަކުން ކަސްޓަމަރުން ރައްކާތެރިކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން މި ހަފްތާގެ ކުރީކޮޅު ބޭންކުން ވަނީ ސްކޭންކޮށްގެން ޕޭމަންޓް ހަދާ ހުރިހާ މުއާމަލާތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ޖަހަންޖެހޭ ގޮތަށް ހަމަޖައްސާފަ އެވެ.

މީގެ އިތުރުން އޯޓީޕީ ޖެނެރޭޓްކުރުމަށް އޮތެންޓިކޭޓާ އެޕް ތައާރަފްކުރުމާއި އޯޓީޕީ ފޮނުވާ ޑިފޯލްޓް ޗެނަލެއްގެ ގޮތުގައި އީމެއިލް ހުއްޓާލުމާއި ލޮގިންކުރާ ހާލަތްތަކުގައި އެލާޓް ފޮނުވުމާއި އިންޓަނެޓް އަދި މޮބައިލް ބޭންކިންގެ ހުރިހާ މުއާމަލާތަކަށް ޕުޝް ނޮޓިފިކޭޝަން ފޮނުވުން ހިމެނެ އެވެ.