Advertisement

އިޒްރޭލްގެ ގައުމީ އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ފުރުސަތު ނުދޭނެ

10 މާރިޗު 2023 - 12:11 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު -- ފޮޓޯ: ރައީސް އޮފީސް


އިޒްރޭލްގެ ގައުމީ އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ފުރުސަތު ނުދޭނެ

10 މާރިޗު 2023 - 12:11 1

އިޒްރޭލުގެ ގައުމީ އެއާލައިނުން ރާއްޖެއާ ދެމެދު ސީދާ އުދުހުންތައް ފެއްޓުމަށް ފުރުސަތު ނުދޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ރާއްޖެއާއި އިޒްރޭލާ ދެމެދު ވިޔަފާރީގެ ގުޅުމެއް ނޯންނާނެ ކަމަށާއި އެހެންކަމުން އެކަމަށް ދިވެހި ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށެވެ.

ދިވެހި ސަރުކާރުން މިހެން ބުނެފައިވަނީ، އިޒްރޭލުގެ ގައުމީ އެއާލައިން 'އެލް އަލް' ގެ އިސް އޮފިޝަލަކު ބޭރުގެ މީޑިއާއަކަށް މައުލޫމާތު ދެމުން ރާއްޖެއަށް ސީދާ އުދުހުންތައް ފެށުމަށް ވިސްނަމުންދާ ކަމަށް ބުނެފައިވަނިކޮށެވެ.

"އަޅުގަނޑުމެންނަށްވެސް ކޮންމެސް ވަރަކަށް ނޫސްތަކުން ފެނިއްޖެ (އެ ހަބަރު)، ނަމަވެސް އެފަދަ ހުށަހެޅުމެއް އިޒްރޭލުގެ ފަރާތުން ނުވަތަ އެ އެއާލައިނުގެ ފަރާތުންވެސް ހުށަހަޅާފައެއް ނެތް.. އެނގިވަޑައިގަންނަވާނެ ވިޔަފާރީގެ ގުޅުމެއް ރާއްޖެ އާއި އިޒްރޭލާ ދެމެދުގައި ނޯންނާނެ.. އެހެންވީމަ އެފަދަ އެއްބަސްވުމަކަށް ނުވަތަ ދަތުރު ކުރެވޭނެ އިންތިޒާމެއް ހަމައެއް ނުޖެހޭނެ،" މިއުވާން ވިދާޅުވި އެވެ.

އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ކުރިއަށް ގެންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން، ރާއްޖެއިން އެ ގައުމާ ދެމެދު އޮތް ހުރިހާ ހާރިޖީ ގުޅުމެއް ކަނޑާލީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އެ ފިޔަވަޅުތަކުގެ ތެރެއިން އިޒްރާއިލުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުންވެސް އެއްކޮށް ހުއްޓާލި އެވެ.

ނަމަވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެލް އަލްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް މަސައްކަތްތަކެއް ކުރެވިގެންދިޔަ އެވެ. މިކަމާ ދެކޮޅަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް އިދިކޮޅުން މުޒާހަރާތަކެއްވެސް ކުރި އެވެ.