Advertisement

ރާއްޖެއަށް ލިބުނު ހައްޖު ކޯޓާގެ 50 ޖާގަ ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް

9 މާރިޗު 2023 - 23:17 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު

ދިވެހި ހައްޖު ވެރިން ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. -- ފައިލް ފޮޓޯ/އަދަދު


ރާއްޖެއަށް ލިބުނު ހައްޖު ކޯޓާގެ 50 ޖާގަ ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް

9 މާރިޗު 2023 - 23:17 0

ރާއްޖެއަށް ލިބުނު 1000 ހައްޖު ކޯޓާގެ ތެރެެއިން 50 ޖާގަ ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް ހާއްސަ ކުރުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ނިންމައިފި އެވެ.

ހައްޖު ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ 50 ޖާގަ ނުވަތަ ހައްޖު ކޯޓާގެ ފަސް ޕަސެންޓު ހާއްސަ ކުރަނީ "ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް" ތަހައްމަލުކުރަމުންދާ މީހުންނަށް ކަމަށެވެ.

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ދޭ ޖާގަ ދޫކުރާނީ ފަރުލު ހައްޖު މީގެ ކުރިން އަދާކޮށްފައިނުވާ މީހުންނަށް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ބޮޑެތި ބަލިތަކަށް ހާއްސަ ކުރާ ޖާގަ ހޯދުމަށް މިހާރު އެ އިދާރާއަށް ހުށަހެޅޭނެ ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ހުށަހެޅުންތައް ބަލައިގަނެވޭނެ އެންމެ ފަހު ތާރީހަކީ މި މަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން ކަމަށެވެ.