Advertisement

އަފްގާނިސްތާނުގެ ގަވަރުނަރެއް މަރާލައިފި

10 މާރިޗު 2023 - 05:53 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ގަވަރުނަރު މުޒައްމިލް. -- ފޮޓޯ: އަފްގާނިސްތާނުގެ ތާލިބާނުން


އަފްގާނިސްތާނުގެ ގަވަރުނަރެއް މަރާލައިފި

10 މާރިޗު 2023 - 05:53 0

އަފްގާނިސްތާނުގެ އުތުރު ބަލްކް ޕްރޮވިންސްގެ ގަވަރުނަރުގެ އޮފީހުގައި އެއްޗެއް ގޮއްވާލައި ގަވަރުނަރު މަރާލައިފި އެވެ.

މުހައްމަދު ދާވޫދް މުޒައްމިލްއަކީ 2021 ވަނަ އަހަރު ތާލިބާނުން ވެރިކަމަށް އައި ފަހުން ހަމަލާއެއްގައި މަރާލި އެންމެ އިސް އޮފިޝަލެވެ.

ފުލުހުން ބުނީ އޮފީހުގައި އެއްޗެއް ގޮވި ސަބަބު ސާފުނުވާ ކަމަށެވެ. މިހާތަނަށް އެ ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އުފުލާފައެއް ނުވެ އެވެ.

އެހެން ނަމަވެސް ތާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ބުނީ ގަވަރުނަރު "ޝަހީދުވީ އިސްލާމްދީނުގެ ދުޝްމަނުން ދިން ހަމަލާއެއްގައި" ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން މީގެ ކުރިން ނަންގަރްހާރް ޕްރޮވިންސްގެ ގަވަރުނަރަކަށް ހުރި އިރު، މުޒައްމިލް ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް މަސައްކަތްކޮށްފަ އެވެ.

ބަލްކް ޕްރޮވިންސްގެ ގަވަރުނަރު ކަމަށް އޭނާ ބަދަލުކުރީ އޮކްޓޯބަރު މަހު އެވެ. ފުލުހުން ބުނީ ގަވަރުނަރު މަރުވި ހަމަލާގައި އިތުރު މީހަކު ވެސް މަރުވި ކަމަށާއި ބަޔަކަށް އަނިޔާވި ކަމަށެވެ.