5 ޖުލައި 2023 - 00:33 0
ފާތިމަތު ސާޔާ އަހުމަދު
އަފްގާނިސްތާނުގެ ސެލޫނެއް
5 ޖުލައި 2023 - 00:33 0
އަފްގާނިސްތާނުގައި ބޯކޮށާ ތަންތަނާއި ބިޔުޓީ ސެލޫންތައް ހިންގުން މަނާކޮށްފި އެވެ.
އޮފިޝަލަކު ބީބީސީއަށް ބުނީ އެގޮތަށް ނިންމީ ޖުލައި 2 ގައި ކަމަށާއި މިހާރު ހިންގަމުންދާ ތަންތަން އެއް މަސް ތެރޭ ބަންދު ކުރަން ޖެހޭނެ ކަމަށެވެ.
ތާލިބާން ގްރޫޕުން 2021 ވަނަ އަހަރު ވެރިކަމަށް އައި ފަހުން އަފްގާނިސްތާނުގައި އަަންހެނުންގެ ހައްގުތައް ވަނީ ގެއްލިފަ އެވެ.
ޔުނިވާސިޓީ އާއި ޖިމް އަދި ޕާކަށް ދިޔުން އަަންހެނުންނަށް މަނާކޮށްފައިވާ އިރު، ވަޒީފާ އަދާކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
އަންހެނުން އަޅަން ޖެހޭނީ މޫނު ބުރުގާ ކަމަށާއި ބޭރަށް ދެވޭނީ މަހުރަމަކާ އެކުގައި ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.
ބައިނަލްއަގްވާމީ މުޖުތަމައިން އެކަންކަން މަނާކޮށް، އަފްގާނިސްތާނުގެ އެތެރޭގައި ބައެއް އަންހެނުން މުޒާހަރާ ކުރި ނަމަވެސް އެ ނިންމުންތައް ބަދަލެއް ނުކުރެ އެވެ.
0.00%
0.00%
50.00%
50.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment