Advertisement

އަފްގާނިސްތާނަށް އައި ބިންހެލުމެއްގައި ހާހަކަށް ވުރެ ގިނަ މީހުން މަރުވެއްޖެ

8 އޮކްޓޯބަރު 2023 - 10:50 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބިންހެލުން އައީ ހިރާތު ޕްރޮވިންސަށް.


އަފްގާނިސްތާނަށް އައި ބިންހެލުމެއްގައި ހާހަކަށް ވުރެ ގިނަ މީހުން މަރުވެއްޖެ

8 އޮކްޓޯބަރު 2023 - 10:50 0

ހޮނިހިރު ދުވަހު އަފްގާނިސްތާނުގެ ހުޅަނގުގެ ސަރަހައްދަކަށް އައި ބިންހެލުންތަކެއްގައި ހާހަކަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

ސަރުކާރުގެ ތަރުޖަމާނު ބިލާލް ކަރީމީ އޭއެފްޕީއަށް ވިދާޅުވީ މަރުވި މީހުންގެ އަދަދު ހާހަކަށް ވުރެ މަތިވެފައިވާ އިރު، އެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ.

ހޮނިހިރު ދުވަހު އެންމެ ފުރަތަމަ ބިންހެލުން އައީ ހިރާތު ޕްރޮވިންސަށް 6.3 މެގްނިޓިއުޑް ބާރުމިނުގަ އެވެ. އޭގެ ފަހުން ވެސް ބާރުގަދަ ލޮޅުންތަކެއް އައެވެ.

ހިރާތު ޕްރޮވިންސްގެ ޑިޒާޒްޓާ މެނޭޖްމަންޓްގެ ވެރިޔާ މޫސާ އަސްހަރީ ވިދާޅުވީ އަނިޔާވި މީހުންގެ އަދަދު ވެސް ހާހަކަށް ވުރެ މަތިވާނެ ކަމަށާއި ގިނަ އަދަދެއްގެ ކުޑަކުދިންނާއި މުސްކުޅިން އަދި އަންހެނުން ހިމެނޭ ކަމަށެވެ.

އަފްގާނިސްތާނަކީ ވަރަށް ގިނައިން ބިންހެލުން ކުރިމަތިވާ ގައުމެކެވެ. މިދިޔަ އަހަރުގެ ޖޫން މަހު އައި ބިންހެލުމެއްގައި ވެސް ހާހަކަށް ވުރެ ގިނަ މީހުން މަރުވި އެވެ.