Advertisement

ބޮލީވުޑްގެ އެކްޓަރު ސަތީޝް ކޯޝިކް މަރުވެއްޖެ

9 މާރިޗު 2023 - 11:13 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސަތީޝް ކޯޝިކް މަރުވީ އުމުރުން 66 އަހަރުގައި. -- ފޮޓޯ: ގެޓީ އިމޭޖާޒް


ބޮލީވުޑްގެ އެކްޓަރު ސަތީޝް ކޯޝިކް މަރުވެއްޖެ

9 މާރިޗު 2023 - 11:13 0

ބޮލީވުޑްގެ އެކްޓަރު އަދި ޑިރެކްޓަރު ސަތީޝް ކޯޝިކް އުމުރުން 66 އަހަރުގައި މަރުވެއްޖެ އެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކޯޝިކް މަރުވީ ބުރާސްފަތި ދުވަހު ހާޓް އެޓޭކެއް ޖެހިގެންނެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން އާއިލާއަށް އެންގި އެވެ.

ކޯޝިކްއަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި ގިނަ މަސައްކަތްތަކެއް ކުރި މީހެކެވެ. އެކްޓު ކުރުމާއި ޕްރޮޑިއުސް ކުރުމުގެ އިތުރުން ސްކްރީންރައިޓަރެއްގެ ގޮތުގައި އަދި ކޮމީޑިއަނެއްގެ ގޮތުގައި ވެސް އޭނާ ފެނުނެވެ.

އެޕްރީލް 13، 1956 ގައު އުފަންވި ކޯޝިކް ކިޔެވީ ދިއްލީ ޔުނިވާސިޓީގެ ކިރޯރީ މާލް ކޮލެޖުންނެވެ. އޭގެ ފަހުން ނޭޝަނަލް ސްކޫލް އޮފް ޑްރާމާއަށް ވެސް ދިޔަ އެވެ.

އޭނާ ފެނުނު ބައެއް ފިލްމުތަކުގެ ތެރޭގައި "ރާމް ލަކަން"، "ޖާނޭ ބީ ދޯ ޔާރޯ" އަދި "މިސްޓާ އިންޑިއާ" ހިމެނެ އެވެ.

ކޯޝިކް ޑިރެކްޓު ކުރި ފިލްމުތަކުގެ ތެރޭގައި ހިމެނެނީ "ތޭރޭ ނާމް"، "ރޫޕް ކީ ރާނީ ޗޯރޯން ކާ ރާޖާ" އަދި "ޕްރޭމް" ފަދަ ފިލްމުތަކެވެ.