Advertisement

އަންހެނުންގެ ދުވަހާ ދިމާކޮށް ޕާކިސްތާނުގައި ބޮޑު އެއްވުންތަކެއް

9 މާރިޗު 2023 - 05:47 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޕާކިސްތާނުގެ ގިނަ ސިޓީތަކެއްގައި އަންހެނުން މުޒާހަރާ ކުރި. -- ފޮޓޯ: އޭއެފްޕީ


އަންހެނުންގެ ދުވަހާ ދިމާކޮށް ޕާކިސްތާނުގައި ބޮޑު އެއްވުންތަކެއް

9 މާރިޗު 2023 - 05:47 0

ބައިނަލްއަަގްވާމީ އަންހެނުންގެ ދުވަހާ ދިމާކޮށް ޕާކިސްތާނުގެ ބޮޑެތި ސިޓީތަކުގައި އެތައް ހާސް އަންހެނުން އެއްވެ އަޑުއުފުލައިފި އެވެ.

"އަންހެނުންގެ ހިނގާލުން" ނަމުގައި ބޭއްވި އެއްވުންތަކަށް ހުރަސް އެޅުމަށް އިދާރާތަކުން މަސައްކަތް ކުރި ކަމަށް ނޫސްތަކުން ބުނެ އެވެ.

އެއްވުމުގައި އަޑުއުފުލި މައްސަލަތަކުގެ ތެރޭގައި ވަރި އާއި ޖިންސީ ފުރައްސާރަ އަދި ޕީރިއަޑްވުމާއި ރޭޕާ ގުޅުން ހުރި ކަންކަން ހިމެނެ އެވެ.

އެފަދަ ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތަކުގެ ސަބަބުން ބައެއް މީހުން ރުޅި ގަދަވެ، ހަމަނުޖެހުން އުފެދުމުގެ ބިރު އޮތް ކަމަށް ނޫސްތަކުން ބުނެ އެވެ.

ލާާހޯރް ސިޓީގައި 2000 އަށް ވުރެ ގިނަ އަންހެނުން ހިނގާލުމުގައި ބައިވެރިވި އެވެ. އެހެން ނަމަވެސް ހިނގާލުމުގެ ބައިވެރިންނަށް ސެކިއުރިޓީ ފޯރުކޮށްދޭން އިދާރާތަކުން ދެކޮޅު ހެދި އެވެ.

ކަރާޗީގައި ވެސް އަންހެނުންގެ ހިނގާލުމަށް ހުރަސް އެޅުމުގެ ގޮތުން ކޯޓަށް މައްސަލަ ވެއްދި އެވެ. އެހެން ނަމަވެސް ހިނގާލުން ކުރިއަށް ދިޔަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކޮންމެ އަހަރަކު ވެސް އަންހެނުންގެ ދުވަހުގެ އެއްވުންތަކަށް ފުރުސަތު ނުދިނުމަށް އެކި ފަރާތްތަކުން ކޯޓަށް މައްސަލަ ގެންދެ އެވެ.

ވެރިރަށް އިސްލާމްއާބާދްގައި އެއްވެވޭނީ ފެބްރުއަރީ މަހު ގޭންގަކުން އަންހެނަކު ރޭޕްކުރި ޕާކުގައި ކަމަށް އިދާރާތަކުން އެންގުމުން، އެއްވުން އިންތިޒާމް ކުރި ފަރާތްތަކުން އެކަމާ ދެކޮޅު ހެދި އެވެ.

އެ އެންގުމާ ހިލާފަށް އެއްވުން ބޭއްވީ ސިޓީގެ ޕްރެސް ކްލަބް ކުރިމަތީގަ އެވެ. ފަހުން ފުލުހުން ވަނީ އެ ތަނުގައި ހުރި ބެރިކޭޑުތައް ނަގައި ހިނގާލުމަށް ޖާގަ ދީފަ އެވެ.

މީގެ ކުރިން 2020 ވަނަ އަހަރު އިސްލާމްއާބާދުގައި ބޭޢްވި އަންހެނުންގެ ދުވަހުގެ ހިނގާލުމަށް ފިރިހެނުންގެ ގްރޫޕުތަކުން ގާ އުކައި ހަމަލާ ދިނެވެ.