Advertisement

ޑިޖިޓަލް މުސްތަގުބަލެއް ހޯދަން އަންހެނުން އެ ދާއިރާއިން ބާރުވެރިކުރަން ޖެހޭ: ރައީސް

8 މާރިޗު 2023 - 16:34 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު


ޑިޖިޓަލް މުސްތަގުބަލެއް ހޯދަން އަންހެނުން އެ ދާއިރާއިން ބާރުވެރިކުރަން ޖެހޭ: ރައީސް

8 މާރިޗު 2023 - 16:34 0

ޑިޖިޓަލް މުސްތަގުބަލެއް ގާއިމް ކުރުމަށް އެ ދާއިރާއިން އަންހެނުން ބާރުވެރިކުރަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ މުޖްތަމައުތައް ކުރިއެރުވުމަށް އަންހެނުން އަދާކުރަމުންދަނީ މުހިންމު ދައުރެއްކަން ފާހަގަކުރައްވާފަ އެވެ.

އެގޮތުން ޑިޖިޓަލް މުސްތަގުބަލެއް ބައްޓަންކުރުމަށް އެ ދާއިރާއިން އަންހެނުންގެ ބާރުވެރިކުރަންޖެހޭ ކަމަށާއި، ވަކި ޖިންސަކަށްވުމުން ކުރާ ތަފާތުކުރުން ނައްތާލުމަށް އިތުރު ސަމާލުކަން ދިނުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް މިއަހަރު ފާހަގަކުރުމަށް އދ. އިން ކަނޑައަޅާފައިވާ ޝިއާރަކީ "ޑިޖިޓަލް އޯލް: އިނޮވޭޝަން އެންޑް ޓެކްނޮލަޖީ ފޯ ޖެންޑާ އިކުއެލިޓީ" އެވެ.