Advertisement

ގުރައިދޫ ދާއިރާގެ ޕީޕީއެމް ޕްރައިމަރީ ހުކުރު ދުުވަަހު ބާއްވަނީ

6 މާރިޗު 2023 - 19:54 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ގުރައިދޫ ދާއިރާާ ގޮނޑި ހުސްވީ އެ އެ މަގާމުގައި ހުރި މެންބަރު ރިޒާ އަވާހާރަވުމުން -- ފޮޓޯ: ޝާބިން/އަދަދު


ގުރައިދޫ ދާއިރާގެ ޕީޕީއެމް ޕްރައިމަރީ ހުކުރު ދުުވަަހު ބާއްވަނީ

6 މާރިޗު 2023 - 19:54 0

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބަައި-އިލެކްޝަނުގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީ އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފި އެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ހުސްވެފައިވާ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާާ ކެނޑިޑޭޓަކު ހޮވުމަށް ބާާއްވާ ޕްރައިމެރީ އަންނަ ހުކުރު ދުވަހު އޮންނާނެ ކަމަަށެވެ.

އެ ޕްރައިމެރީގައި ވާދަކުރުމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މާދަމާ މެންދުރު ފަހު 2:30 އާ ހަމައަށް ހުޅުުވާލާކަމަށް އޭނާ ވިދާޅުވި އެވެ.

އެ އިންތިހާބުގައި ވާދަވެރި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ވެސް ކުރިމަތިލުމަށް ހުޅުވާލުމުން ޖުމްލަ ހަތަރު ފަރާތަކުން ވަނީ ފޯމު ހުށަހަޅާފަަ އެވެ. އެމްޑީޕީގެ ޕްރައިމެރީ އޮންނާނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އިބްރާހިމް ރިޒާ, 55, މި މަހުގެ 23 ގައި އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ޕީޕީއެމްއަށް ނިސްބަތްވާ ރިޒާއަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަން އަދާކުރެއްވި މެންބަރެވެ. އަދި އޭރު އެ ކޮމިޝަންގެ ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ.

ގާނޫނުއަސާސީގެ 78 މާއްދާގައި ބުނެފައިވާ ގޮތުން މެމްބަރެއްގެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި އެ ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަންޖެހެ އެވެ. ގުރައިދޫ ދާއިރާގައި ހިމެނޭ ރަށްތަކަކީ، ގުރައިދޫގެ އިތުރުން މާފުއްޓާއި ގުޅި އެވެ.