Advertisement

5 ކިލޯމީޓަރުގެ ރޭސް 20 މިނިޓަށް ވުރެ އަވަހަށް ދުވެ ޝަމްހާ އަށް ޝަރަފްވެރި ރެކޯޑެއް

6 މާރިޗު 2023 - 08:26 0


5 ކިލޯމީޓަރުގެ ރޭސް 20 މިނިޓަށް ވުރެ އަވަހަށް ދުވެ ޝަމްހާ އަށް ޝަރަފްވެރި ރެކޯޑެއް

6 މާރިޗު 2023 - 08:26 0

ޖަރުމަންގައި ބޭއްވި ރޯޑް ރަންގައި ރޭހުގައި ވާދަކޮށް 5 ކިލޯމީޓަރުގެ ރޭސް 20 މިނެޓަށް ވުރެ އަވަހަށް ނިންމި ދިވެހި ފުރަތަމަ އަންހެން ދުވުންތެރިޔާ ޝަރަފްވެރި ރެކޯޑް ރާއްޖޭގެ ކުޅަދާނަ ދުވުންތެރިޔާ ޝަމްހާ އަހުމަދު ހޯދައިފި އެވެ.

އިއްޔެ، ޖަރުމަނުގައި ކުރިއަށްދިޔަ ރޭހުގައި ދުވެ، ޝަމްހާ ރޭސް ނިންމީ 19 މިނިޓް 15 ސިކުންތުންނެވެ. މިއީ 20 މިނެޓްގެ ކުރިން ދިވެހި އަންހެން ދުވުންތެރިއަކު، ފަސް ކިލޯމީޓަރުގެ ރޭހެއް ނިންމި ފުރަތަމަ ފަހަރެވެ. މިއާ އެކު، ޝަމްހާ މި ވަނީ ރާއްޖޭގެ އެތުލެޓިކްސް ތާރީހުގައި އާ ސޮފުހާ އެއް ލިޔެފަ އެވެ.

"ވަރަށް ބޮޑަށް އުފާވެފައި މި ހުރީ ޕާސަނަލް ބެސްޓަކާ އެކު މި ގައުމީ ރެކޯޑް ހެދުނީމަ. ވަރަށް ފަހުރުވެރިވޭ 20 މިނިޓަށް ވުރެ އަވަހަށް މި ރޭސް ނިންމި ފުރަތަމަ ދިވެހި އަންހެން އެތުލީޓުގެ ޝަރަފް ލިބުނީމަ. އާއިލާއިންނާއި ކޯޗު ނަސްރުﷲ އަހުމަދު (ނަސްރު) ދިން އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރަން،" ޝަމްހާ، އޭނާގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ޕޯސްޓްކޮށްފައިވެ އެވެ.

މީގެ ކުރިން ވެސް، ރާއްޖޭގެ އަންހެން ދުވުންތެރިންގެ ފަސް ކިލޯމީޓަރުގެ ރެކޯޑް އޮތީ ޝަމްހާ އަތުގަ އެވެ. އެ ފަހަރު އޭނާ ރެކޯޑް ހެދީ 20 މިނިޓް އަށް ސިކުންތުން ދުވެގެންނެވެ. އެކަމަކު، މި ފަަހަރު މި ވަނީ ރާއްޖޭގެ އެތުލެޓިކްސްގައި މަންޒަރު ބަދަލުކޮށްލާ ފަދަ ޓައިމިން އެއްގައި ނިންމައިފަ އެވެ.

ޖަރުމަނުގައި ދިރިއުޅެމުން އަންނަ ޝަމްހާގެ ޓްރެއިނިންތައް ކޯޗު، ނަސްރުއާ އެކު ފެށި ފަހުން، އޭނާގެ ދުވުމުގެ ކެރިއަރަށް އާ ޖޯޝެއް ވަނީ ލިބިފަ އެވެ. އަލުން އެނބުރި ގައުމީ ސްކޮޑުގައި ހިމެނިގެން ވެސް ޝަމްހާ އަންނަނީ ބައެއް މުބާރާތްތްތަކުގައި ވާދަކުރަމުންނެވެ. އެ ގޮތުން، ޝަމްހާ، މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކޮށް، ކާމިޔާބު ހޯދުމަކީ ވެސް ކޯޗު ނަސްރުގެ އެއް ޓާގެޓެވެ.