Advertisement

އެޑް ޝީރަންގެ އަންހެނުން ބަލިވެ އިންދާ ޓިޔުމަރެއް އުފެދުނު

6 މާރިޗު 2023 - 06:56 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެޑް ޝީރަން އަދި އޭނާގެ އަންހެނުން ޗެރީ ސީބޯން. -- ފޮޓޯ: ގެޓީ އިމޭޖާޒް


އެޑް ޝީރަންގެ އަންހެނުން ބަލިވެ އިންދާ ޓިޔުމަރެއް އުފެދުނު

6 މާރިޗު 2023 - 06:56 0

މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ އަންހެނުން ބަލިވެ އިންދާ ޓިޔުމަރެއް އުފެދުމުން ޑިޕްރެޝަން ކުރިމަތިވި ކަމަށް ބުނެފި އެވެ.

އެޑް ޝީރަން ބުނީ އަންހެނުން ބަލި އިންދާ ޓިޔުމަރު އުފެދުމުގެ އިތުރުން އޭނާގެ އެކުވެރި ޖަމާލް އެޑްވާޑްސް އުމުރުން 31 އަހަރުގައި ކުއްލި ގޮތަކަށް މަރުވުމުން ޝޮކެއް ލިބުނު ކަމަށެވެ.

ކުޑަ އިރުން ފެށިގެން އެކުގައި އުޅުނު އެޑް ޝީރަން އާއި ޗެރީ ސީބޯން ކައިވެނި ކުރީ 2019 ވަނަ އަހަރު އެވެ. އޭނާގެ ހަށިގަނޑުގައި ޓިޔުމަރެއް އުފެދުނީ ދެ ވަނަ ދަރިފުޅަށް ބަލިވެ އިންދަ އެވެ.

ޓިޔުމަރާ ގުޅިގެން އެއްވެސް ފަރުވާއެއް ހޯދޭނީ ވިހައި ގަދަވުމުން ކަމަށް ޑޮކްޓަރުން އެންގި އެވެ. އޭގެ އިތުރުން އެޑް ޝީރަންގެ ލަވައިގެ ކޮޕީރައިޓް ޝަރީއަތް ވެސް ކުރިއަށް ދިޔައީ އެ ދުވަސްވަރެވެ.

ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓެއްގައި އެޑް ޝީރަން ބުނީ މިދިޔަ އަހަރު ދިމާވި އެ ހާދިސާތަކުގެ ނޭދެވޭ އަސަރު ކުރި ކަމަށާއި މިޔުޒިކާ މެދު ދެކޭ ގޮތް ވެސް ބަދަލުވި ކަމަށެވެ.

ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް އޭނާގެ ހަ ވަނަ އަލްބަމަށް ލިޔުނު "އެތައް ސަތޭކަ" ލަވަޔާ މެދު ހިތްހަމަނުޖެހުނު ކަމަށް އޭނާ ބުންޏެވެ.

ޝީރަން އާއި ސީބޯންގެ ދެ ވަނަ ދަރިފުޅު އުފަންވީ މިދިޔަ މޭ މަހު އެވެ. އަންހެނުންނަށް ކުރިމަތިވި ޓިޔުމަރާ ގުޅޭ ގޮތުން އިތުރު އެއްވެސް އޭނާގެ ޕޯސްޓުގައި ހާމަނުކުރެ އެވެ.

އެ ޕޯސްޓާ އެކު ޝީރަންގެ ހަ ވަނަ އަލްބަމް "ސަބްޓްރެކްޓް" ނެރޭނެކަން އިއުލާން ކުރި އެވެ. އޭނާ ބުނީ ޑިޕްރެޝަން ކުރިމަތިވެ މުޅި ޕްރޮޖެކްޓް ރޫޅާލައި، އެއް ހަފުތާ ތެރޭގައި އަލުން ލަވަތައް ލިޔުނު ކަމަށެވެ.

"އެއީ ބިރާއި، ޑިޕްރެޝަން އަދި ހާސްކަމުގެ ތެރެއިން" މިދިޔަ ފެބްރުއަރީ މަހު ކުރި މަސައްކަތެއް ކަމަށް އޭނާ ބުންޏެވެ. އާ އަލްބަމް ނެރޭނީ މޭ ފަސް ވަނަ ދުވަހު އެވެ.

އެޑް ޝީރަންއަކީ އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއް މިޔުޒިކް ތަރި އެވެ. އޭނާގެ "ޝޭޕް އޮފް ޔޫ" އަދި "ތިންކިން އައުޓް ލައުޑް" ފަދަ ލަވަތަކަކީ އެންމެ ގިނައިން ސްޓްރީމްކޮށްފައިވާ ރެކޯޑް އޮތް ލަވަތަކެވެ.