Advertisement

ވިލިމާލެ އަދި މާލޭގެ މާރުކޭޓު ގޮޅިތަކުގެ ކުއްޔަށް ލުޔެއް ދީފި

2 މާރިޗު 2023 - 10:04 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު


ވިލިމާލެ އަދި މާލޭގެ މާރުކޭޓު ގޮޅިތަކުގެ ކުއްޔަށް ލުޔެއް ދީފި

2 މާރިޗު 2023 - 10:04 0

މާލެ އަދި ވިލިމާލޭގެ މާރުކޭޓް ހިންގާ ފަރާތްތަކަށް ހަތަރު މަސް ދުވަހަށް ގޮޅިތަކުގެ ކުލިން 30 ޕަސަންޓު ކުޑަކޮށްދިނުމާއެކު، މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ އެއްބަސްވުން އިތުރު އެއްއަހަރަށް އާ ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިގޮތަށް ނިންމީ ވިލިމާލޭގެ ލޯކަލް މާރުކޭޓަކީ އަލަށް އެރަށުގައި ގާއިމު ކުރެވުނު ތަނަކަށް ވުމާއެކު ގޮޅި ހިންގާ ފަރާތްތަކަށް ލުޔެއް ދިނުމުގެ ބޭނުމުގައި ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

އަދި މާލޭގައި މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް ލުޔެއް ދޭން ނިންމާފައިވަނީ ތަކެތީގެ އަގުތައް މައްޗަށް ދިއުމާއި މާރުކޭޓު ހިންގާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެންކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

"ވިލިމާލޭގައި އަލަށްފަށާ ތަނެއްވީމަ އެސްޓަބްލިޝްވުމަށްދޭ ލުޔެއްގޮތުގަ ހަތަރުމަސް ރެންޓް ފްރީކޮށް މިދެވެނީ، މާލޭގައިވެސް ބޮޑު ހަރަދުތަކެއް ހިނގަމުންދާ އަދި ތަކެތީގެ އަގުބޮޑުވެގެންދާ ދުވަސްވަރެއްވީމަ ކޮންމެވެސް ވަރެއްގެ ލުޔެއްދިނުމަށް،" މުއިއްޒު ވިދާޅުވި އެވެ.

މި ނިންމުން ނިންމާފައިވާއިރު، މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ އެއްބަސްވުމުގެ މުއްދަތު މިމަހުގެ 31 ގެ ނިޔަލަށް ހަމަވާނެ އެވެ.