1 މާރިޗު 2023 - 07:05 0
ކޮމަންޑޫ ދާއިރާގެ މެމްބަރު ރާޝިދު.
1 މާރިޗު 2023 - 07:05 0
ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ ސަބަބުން ވީ ފައިދާތައް ސިފަކޮށްދިނުމުގައި ދިވެހި އަންހެނުންނަށް ނިސްބަތްވާ ގޮތަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވިދާޅުވި ވާހަކައާ ގުޅިގެން އޭނާ އަށް އިއްޔެ ނުރުހުން އަމާޒުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ދަރަނި ރީސްޓްރަކްޗާ ކުރުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ގަރާރާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރާޝިދު ވަނީ ގަރާރާ ދެކޮޅު ހައްދަވައި ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ.
މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކޮށްފައިވާ ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ރަށްފުށުގައި ތިބި "ރީތި ލޯބި އަންހެން ކުދިން"ގެ މޫނުން ޗާލުކަން ފެންނަން ފަށައިފި ކަމަށެވެ.
"އެ ބޭފުޅުން ކިތަންމެ އަގުބޮޑު ސެންޓެއް ޖަހައިގެން ނުކުތަސް މީގެ ކުރިން އެ ބޭފުޅުން ގައިން މާ މީރު ވަހެއް ނުދުވާ، އެއީ ޗަކަ ފެނުން ފެން ވަރަން ޖެހޭތީ، މިއަދު ވަރަށް ރީތި ސާފު ލޯބި ފެނުން ފެންވަރައިގެން އެ ތިބީ،" ރާޝިދު ވިދާޅުވި އެވެ.
ރާޝިދުގެ ވާހަކައާ ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވައި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ ދިވެހި އަންހެނުންނާ ދިމާކޮށް އެހާ ބޭއަދަބީ ވާހަކައެއް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ނިޒާމީ ނުކުތާއާ ގުޅިގެން ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ "ރާއްޖޭގެ ރައްޔިތުންގެ އެއްވެސް ޖިންސެއްގެ ރައްޔިތުންނަށް ކުޑައިމީސް ވާ ގޮތަށް ވާހަކަ ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ.
ރާޝިދުގެ ވާހަކައާ ގުޅިގެން އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް ސޯޝަލް މީޑިއާގައި ވަނީ އޮއްސާލައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވީ،
އަޅުގަނޑުމެންގެ [ޕާޓީ] ރައީސަށް އެމްޑީޕީގެ މެންބަރުންނަށް އެންމެ ރަނގަޅުވާނީ އެމްޑީޕީގެ ކެންޑިޑޭޓާއެކު އެމްޑީޕީއަށް ވެރިކަން ހޯދުމަށް ވުރެ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް ނެރެގެން ޖުމްހޫރީ ޕާޓީއަށް ވެރިކަން ހޯދައިދިނުން ކަމަށް އެމްޑީޕީގެ މެންބަރުންނަށް ވިސްނައިދިނުން އެއީ މަޖިލީހުގައި ހިނގައިދިޔަ ކަމަށް ވުރެ ގޯސް ކަމެއް،"
ގޯލްޑެން ފުޓްސަލްގައި ރޭ ކުޅުނު މެޗްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
Comment