Advertisement

ފްރާންސަށް އުފަން ނޯމަންޑަށް ސްޕެއިންގެ ޕާސްޕޯޓް ދީގެން، ސްޕެއިންގެ ޓީމަށް ކުޅެވޭގޮތް ހަދަނީ

27 ފެބުރުވަރީ 2023 - 17:12 0


ފްރާންސަށް އުފަން ނޯމަންޑަށް ސްޕެއިންގެ ޕާސްޕޯޓް ދީގެން، ސްޕެއިންގެ ޓީމަށް ކުޅެވޭގޮތް ހަދަނީ

27 ފެބުރުވަރީ 2023 - 17:12 0

މެޑްރިޑް (ފެބްރުއަރީ 27) - ސްޕެއިންގެ ރެއާލް ސޮސިއެޑާޑަށް ކުޅެމުންދާ ފްރާންސަށް އުފަން ޑިފެންޑަރު ރޮބިން ލެ ނޯމަންޑް އަށް ސްޕެއިންގެ ޕާސްޕޯޓް ދީގެން، އޭނާ އަށް ސްޕެއިންގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތް ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ފަށައިފި އެވެ.

އުމުރުން 19 އަހަރުގައި ނޯމަންޑް ސޮސިއެޑާޑްއާ ގުޅުނީ 2016 ވަނަ އަހަރެވެ. އޭގެ ފަހުން އޭނާ އަކީ މިހާރު ސްޕެނިޝް ލަލީގާގާއި ކުޅޭ އެންމެ މޮޅު އެއް ޑިފެންޑަރެވެ.

އާންމު އުސޫލުން ބަލާއިރު، ނޯމަންޑް ،26، އަށް ސްޕެއިންގެ ރައްޔިތަކަށް ވެވޭނީ އަދި 10 އަހަރު ފަހުންނެވެ. އެހެން ނަމަވެސް، ސްޕެއިންގެ ހަޔާ ސްޕޯޓްސް ކައުންސިލް އިން އެދިގެން އޭނާ އަށް ޕާސްޕޯޓް ލިބުމުގެ މަރުހަލާ އަވަސްކުރެވޭނެ އެވެ. ފްރާންސަށް ނިސްބަތްވާ ޑިފެންޑަރު އައިމެރިކް ލަޕޯޓް ވެސް ސްޕެއިންގެ ޕާސްޕޯޓް ހޯދީ ސްޕެއިންގެ ހަޔާ ސްޕޯޓްސް ކައުންސިލް މެދުވެރިވެގެނެވެ.

ލަޕޯޓްގެ އިތުރުން ބްރެޒިލް އަށް އުފަން ފޯވަޑް ޑިއޭގޯ ކޮސްޓާ ވެސް ވަނީ 2013 ވަނަ އަހަރު ސްޕެއިންގެ ޕާސްޕޯޓް ހޯދައި، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން އަށް ކުޅެފަ އެވެ.

ސްޕެއިން އިން ނޯމާންޑަށް އެ ގައުމުގެ ރައްޔިތަކަށްވުމުގެ މަރުހަލާ އަވަސްކޮށްދޭންް ބޭނުންވަނީ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޮސްގެ ބަދަލުގައި ސްޕެއިންގެ ގައުމީ ޓީމަށް އޭނާ ނެގުމަށެވެ. ރާމޮސް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފަ އެވެ.

ނޯމަންޑް އަދި މިހާތަނަށް ފްރާންސްގެ ގައުމީ ޓީމަށް ނުކުޅެ އެވެ. އަދި ސްޕެއިންގެ ޕާސްޕޯޓް ލިބުނަސް، އޭނާ އަށް ފްރާންސްގެ ޕާސްޕޯޓް ވެސް ބޭނުންކުރެވޭނެ އެވެ.