Advertisement

"ނާޓު ނާޓު" ލަވަޔަށް ދެކުނު ކޮރެއާ އެމްބަސީ މުވައްޒަފުން ނަށައިފި

27 ފެބުރުވަރީ 2023 - 14:12 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ދެކުނު ކޮރެއާ އެމްބަސީގެ ވީޑިއޯއަށް ޓްވިޓާގައި މިލިއަނަކަށް ވުރެ ގިނަ ވިޔުޒް ލިބިފައިވޭ.


"ނާޓު ނާޓު" ލަވަޔަށް ދެކުނު ކޮރެއާ އެމްބަސީ މުވައްޒަފުން ނަށައިފި

27 ފެބުރުވަރީ 2023 - 14:12 0

އިންޑިއާގައި ހުންނަ ދެކުނު ކޮރެއާ އެމްބަސީގެ މުވައްޒަފުން ތެލޫގޫ ފިލްމު "ޓްރިޕަލް އާރް"ގެ ލަވަ "ނާޓު ނާޓު" އަށް ނަށާ ވީޑިއޯއަކަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.

ވީޑިއޯގައި ފެންނަނީ ސަފީރު ޗަންގް ޖައެ ބޮކް އާއި އެމްބަސީގެ ޓީމު ނެށުމުގެ އެކި ސްޓެޕްތައް ހަދާ މަންޒަރެވެ. ފާއިތުވި ހަފުތާ ބަންދުގައި އެ ވީޑިއޯ ވައިރަލްވި އެވެ.

މިހާރު ޓްވިޓާގައި 1.2 މިލިއަނަށް ވުރެ ގިނަ ވިޔުޒް އެ ވީޑިއޯއަށް ލިބިފައިވެ އެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ "އެއީ ހިތްގައިމު އަދި ފުރިހަމަ ޓީމް މަސައްކަތެއް" ކަމަށެވެ.

"ނާޓު ނާޓު" ލަވަޔަށް ދާދި ފަހުން ވަނީ ގޯލްޑަން ގްލޯބް އެވޯޑް ލިބިފަ އެވެ. އޭގެ އިތުރުން މާޗް 12 ގައި އޮންނަ އޮސްކާގައި އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑަށް ވެސް ވަނީ ނޮމިނޭޓްވެފަ އެވެ.

އެ ލަވައިން ފެންނަނީ ތެލޫގޫ ތަރިން ކަމުގައިވާ ރާމް ޗަރަން އާއި ޖޫނިއާ އެންޓީއާރްގެ ނެށުމެވެ. ޔޫޓިއުބްގައި އެ ލަވަަޔަށް 122 މިލިއަން ވިޔުޒް ލިބިފައިވެ އެވެ.

"ނާޓު ނާޓު" ލަވައިގެ މަންޒަރުތައް ނަގާފައި ވަނީ 2021 ވަނަ އަހަރު ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީގެ ރަސްމީ ގެކޮޅުގެ ކުރިމަތީގަ އެވެ.

އެ ލަވަ ހިމެނޭ "އާރްއާރްއާރް" ފިލްމު ލިޔެ ޑައިރެކްޓް ކުރީ އެސްއެސް ރާޖަމޫލީ އެވެ. އެއީ އިންޑިއާގައި އިނގިރޭސިންގެ ވެރިކަމާ ދެކޮޅަށް ދެ މީހަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.