Advertisement

ގުރައިދޫ ބައި-އިލެކްޝަން: އެމްޑީޕީގެ ޕްރައިމަރީއަށް ހުޅުވާލައިފި

27 ފެބުރުވަރީ 2023 - 12:32 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ގުރައިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމެރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ގުރައިދޫ ބައި-އިލެކްޝަން: އެމްޑީޕީގެ ޕްރައިމަރީއަށް ހުޅުވާލައިފި

27 ފެބުރުވަރީ 2023 - 12:32 0

ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޑީޕީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ދާއިރާ މީގެ ކުރިން ތަމްސީލުކުރެއްވި މެންބަރު އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެން ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމަށް މިއަދު ފެށިގެން ހުޅުވާލާ ކަމަށެވެ.

ޕްރައިމަރީގައި ވާދަކުރުމަށް އެދި ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ދެވަނަ ދުވަހެވެ.

މި ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާކަން ހާމަކޮށްދޭ 100 މެންބަރުންގެ ތާއީދުފޯމާ އެކު ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

މި ދާއިރާގެ ގޮނޑިއަށް އެމްޑީޕީއިން ވާދަކުރުމަށް ނިންމާ ޕްްރައިމަރީ އިއުލާނުކޮށްފައިވާއިރު، މިދިޔަ ތިން ދައުރުގައި ވެސް އެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުކުރެވިފައެއް ނުވެ އެވެ.

ގާނޫނުއަސާސީގެ 78 މާއްދާގައި ބުނެފައިވާ ގޮތުން މެންބަރެއްގެ ގޮނޑި ހުސްްވާ ތާރީހުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި އެ ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަންޖެހެ އެވެ. ގުރައިދޫ ދާއިރާގައި ހިމެނޭ ރަށްތަކަކީ، ގުރައިދޫގެ އިތުރުން މާފުއްޓާއި ގުޅި އެވެ.

ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އިބްރާހިމް ރިޒާ, 55, މި މަހުގެ 23 ގައި އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ޕީޕީއެމްއަށް ނިސްބަތްވާ ރިޒާ އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަން އަދާކުރެއްވި މެންބަރެވެ. އަދި އޭރު އެ ކޮމިޝަންގެ ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ.