Advertisement

ކޮރަޕްޝަންގެ ތުހުމަތުގައި ދިއްލީގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ހައްޔަރުކޮށްފި

27 ފެބުރުވަރީ 2023 - 09:27 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ނިއު ދިއްލީގެ ޑެޕިއުޓީ ޗީފް މިނިސްޓަރު މަނީޝް ސިސޯޑިއާ. -- ފޮޓޯ: ގެޓީ އިމޭޖާޒް


ކޮރަޕްޝަންގެ ތުހުމަތުގައި ދިއްލީގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ހައްޔަރުކޮށްފި

27 ފެބުރުވަރީ 2023 - 09:27 0

ކޮރަޕްޝަންގެ ތުހުމަތުގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ޑެޕިއުޓީ ޗީފް މިނިސްޓަރު މަނީޝް ސިސޯޑިއާ ފެޑެރަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ސިސޯޑިއާ ހައްޔަރު ކުރީ ގިނަ ގަޑިއިރުތަކެއް ވަންދެން ސުވާލު ކުރުމަށް ފަހު އެވެ. އެއީ ނިއު ދިއްލީގައި ރަލާ ގުޅޭ ސިޔާސަތުގެ ތަހުގީގެކެވެ.

އެ ސިޔާސަތުގެ ދަށުން ރާ ވިއްކާ އާ ފިހާރަތަކެއް ހުޅުވި އެވެ. އެހެން ނަމަވެސް ފުލުހުން ތަހުގީގު ފެށުމުން އެ ސިޔާސަތު ތަންފީޒު ކުރުން ހުއްޓާލި އެވެ.

ސިސޯޑިއާ އާއި އޭނާ ނިސްބަތްވާ އާއްމު އާދްމީ ޕާޓީ (އޭއޭޕީ) އިން ތުހުމަތުތައް ދޮގުކުރެ އެވެ. އެ ޕާޓީއިން ބުނީ ވެރިކަމުގައި އޮތް ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) އިން ސިޔާސީ ވާދަވެރިންނަށް ޓާގެޓް ކުރާ ކަމަށެވެ.

އޭއޭޕީ އުފެދުނީ މީގެ 10 އަހަރު ކުރިން ކޮރަޕްޝަނާ ދެކޮޅަށް ހިންގި ބޮޑު ހަރަކާތެއްގެ ތެރެއިންނެވެ. އެހެންވެ، އެ ޕާޓީއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތު ކުރުމަކީ ޕާޓީއަށް ވަރަށް އަސަރު ކުރާ ކަމެކެވެ.

އޭއޭޕީގެ ލަނޑުދަނޑުއަކީ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ބީޖޭޕީއާ ވާދަވެރި، ބޮޑު އިދިކޮޅު ޕާޓީއަކަށް ވުމެވެ. އޭއޭޕީއިން ވަނީ ދިއްލީ އާއި ޕަންޖާބް ސްޓޭޓްގެ ކޮންޓްރޯލް ހޯދައިފަ އެވެ.

އިންޑިއާގެ ސެންޓްރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ބުނީ ދިއްލީގައި ރަލާ ގުޅޭ ސިޔާސަތުގެ ތަހުގީގަށް ސުވާލު ކުރުމުން، ސިސޯޑިއާ އޮޅުވާލަން މަސައްކަތް ކުރި ކަމަށެވެ.