Advertisement

ސައުދީއަށް ދަތުރު ކުރަމުން ދިޔަ އެއާ އިންޑިއާ ފްލައިޓެއް އެމެޖެންސީގައި ތިރިކޮށްފި

25 ފެބުރުވަރީ 2023 - 05:59 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެޖެންސީގައި ތިރިކުރި ފްލައިޓުގައި 182 ޕަސެންޖަރުން ތިބި. -- ފޮޓޯ: ގަލްފް އިންސައިޑާ


ސައުދީއަށް ދަތުރު ކުރަމުން ދިޔަ އެއާ އިންޑިއާ ފްލައިޓެއް އެމެޖެންސީގައި ތިރިކޮށްފި

25 ފެބުރުވަރީ 2023 - 05:59 0

ހުކުރު ދުވަހު ސައުދީ އަރަބިއްޔާއަށް ދަތުރު ކުރަމުން ދިޔަ ފްލައިޓަކަށް މައްސަލަ ދިމާވެ އެމެޖެންސީގައި އިންޑިއާއަށް ތިރިކޮށްފި އެވެ.

އެއާ އިންޑިއާ އެކްސްޕްރެސް ފްލައިޓް ދަތުރު ފެށީ ކޮޒިކޯޑޭ ސިޓީއިންނެވެ. އޭގެ މަންޒިލަކީ ސައުދީ އަރަބިއްޔާގެ އިރުމަތީ ދައްމާމް ޕްރޮވިންސެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ ފްލައިޓުގައި 182 ޕަސެންޖަރުން ތިބި ކަމަށެވެ. ކޮޒިކޯޑޭއިން ދައްމާމަށް ދިޔުމަށް ހޭދަވަނީ ފަސް ގަޑިއިރެވެ.

އެ ދަތުރަށް ބޭނުންވާ ތެޔޮ ބަރުކޮށްފައި ހުރުމުން، އެޖެންސީގައި ތިރިކުރަން އުނދަގޫވެ، ފްލައިޓް އައިއެކްސް385 އިން އަރަބި ކަނޑުގެ މަތިން ގިނަ އަދަދެއްގެ ތެޔޮ ބޭރުކުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބޯޓުން ތެޔޮ މަދު ކުރުމަށް ފަހު އެމެޖެންސީގައި ތިރިކުރީ ކެރަލާ ސްޓޭޓުގެ ތިރުވަނަންތަޕޫރަމް އެއާޕޯޓަށެވެ. އަދަނީ ގްރޫޕުން އޮޕަރޭޓް ކުރާ އެއާޕޯޓުގަައި އޭރު އޮތީ އެމެޖެންސީ އިއުލާނުކޮށް، ރެސްކިއު އުޅަނދުތައް ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.

އެމެޖެންސީގައި ރައްކާތެރިކަމާ އެކު ބޯޓު ތިރިކުރި އިރު އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އެ ފްލައިޓްގައި ތިބި މީހުން ސައުދީ އަރަބިއްޔާއަށް ގެންދިޔުމަށް ހުކުރު ދުވަހުގެ ރޭ އެހެން ފްލަައިޓެއް ހަމަޖެއްސި އެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން އެމެޖެންސީގައި ތިރިކުރަން ޖެހުނީ ބޯޓަށް "ޓެއިލް ސްޓްރައިކެއް" ދިމާވުމުންނެވެ. އާއްމު ގޮތެއްގައި އެހެން ވަނީ ޕައިލެޓަށް ހެދޭ ގޯހަކުން ބޯޓު ރަންވޭއިން ނައްޓާލަން އުޅުމުގެ ތެރޭގައި އޭގެ ފަހަތުކޮޅު ރަންވޭގައި ޖެހިގެންނެވެ.