Advertisement

ހޫނު ގަދަވެ، މުރަކަ ހުދުވުމުގެ ބިރު އަނެއްކާ ވެސް ބޮޑުވެއްޖެ

24 ފެބުރުވަރީ 2023 - 09:54 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މީގެ ކުރިން 2016 ވަނަ އަހަރު ހިނގި މުރަކަ ހުދު ވުމުގެ ހާދިސާ ތެރެއިން: ހުދު މުރަކަ ފެނިއްޖެ ނަމަ އަންގަން ސަރުކާރުން އެދޭ -- ފޮޓޯ: ދަ ގާޑިއަން


ހޫނު ގަދަވެ، މުރަކަ ހުދުވުމުގެ ބިރު އަނެއްކާ ވެސް ބޮޑުވެއްޖެ

24 ފެބުރުވަރީ 2023 - 09:54 0

ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ރާއްޖޭގެ ފަރުތަކުގައިވާ މުރަކަތައް ހުދުވުމުގެ ހާދިސާތައް ހިނގައިފާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިއުޓްއިން ބުނީ ކޮރަލް ބްލީޗިންގެ ހާލަތު މިހާރު ހުރީ ނޯ ސްޓްރެސް ލެވެލް ކަމުގަ އެވެ. އެހެންނަމަަވެސް ކުރިއަށް އޮތް ނުވަ ވަރަކަށް ހަފްތާގެ ތެރޭގައި އެލާޓު ލެވެލްއަށް ގޮސްދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ބުނެފައިވެ އެވެ.

އެ އިންސްޓިއުޓުން ބުނީ މިހާރު ވެސް ބައެއް ހުދު މުރަކަ ރާއްޖޭގެ ބައެއް ހިސާބުތަކުން ފެންނަމުން އަންނަ ކަމަށެވެ. އަދި ހުދުވެފައިވާ މުރަކަ އެއްވެސް ތަނަކުން ފެނިއްޖެ ނަމަ އެ އިދާރާއަށް ރިޕޯޓް ކުރުމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

މުރަކަ ހުދުވުމުގެ އެންމެ ބޮޑު ހާދިސާއެއް ރާއްޖެއަށް ކުރިމަތިވީ 1998 ވަނަ އަހަރު އެވެ. އެ އަހަރު ރާއްޖޭގެ ފަރުތަކުގެ 80 ޕަސެންޓް މުޅިން ހަލާކުކޮށްލި އެވެ.

އޭގެ ފަހުން 2016 ވަނަ އަހަރު ވެސް މުރަކަ ހުދު ވުމުގެ "އެލްނީނޯ" އަކާ ކުރިމަތިވި އެވެ.

އެލް ނިނޯއަކީ އާންމު ގޮތެއްގައި ތިން އަހަރާއި ހަ އަހަރާއި ދޭތެރޭގައި ކަނޑުގެ ހޫނުމިނަށް އަންނަ ބަދަލެކެވެ. އޭގެ ސަބަބުން ފަރުތައް މަރުވާން ދިމާވަނީ، ފަރަކީ ތިލަ ތަނަކަށް ވުމުން ލޮނުގަނޑު މާ ބޮޑަށް ހޫނުވެ، އެ ލޮނުގަނޑު ދައުރު ނުވެ ގިނަ ދުވަހު ހުރުމުން، މުރަކަތަކަށް އެ ހޫނު ލޮނުގަނޑުގައި ކެތްކުރަން ދަތިވުމުގެ ސަބަބުންނެވެ.