Advertisement

ގަވާއިދު އިސްލާހު ކުރީ ރަސްމާލެ ހިއްކަން ވެލި ހޯދަން، އެއީ ހަދާ ބޮޑު ގޯހެއް: ޝުޖާއު

9 އޭޕްރީލް 2024 - 20:02 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ވ. އަތޮޅު ކައުންސިލް ރައީސް ޝުޖާއު އަލީ


ގަވާއިދު އިސްލާހު ކުރީ ރަސްމާލެ ހިއްކަން ވެލި ހޯދަން، އެއީ ހަދާ ބޮޑު ގޯހެއް: ޝުޖާއު

9 އޭޕްރީލް 2024 - 20:02 0

ތަރައްގީގެ މަޝްރޫއުތައް ހިންގަން ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި "ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދުތައް" ކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން ވެލި ނެގުމާއި ބިން ހިއްކުން ހުއްދަވާ ގޮތަށް ގަވާއިދު އިސްލާހު ކުރީ މިހާރު ހުއްޓާލާފައިވާ ރަސްމާލެ ހިއްކުމުގެ މަޝްރޫއަށް ވެލި ހޯދުމަށް ކަމަށާއި، އެހީ ސަރުކާރުން ހަދާ އިޔާދަ ކުރަން ދަތި, ބޮޑު ގޯހަކަށް ވާނެ ކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވެއްޖެ އެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް ކުރިން ފެށިގެން އަޑު އުފުލަމުން އަންނަ ޝުޖާއު ވިދާޅުވީ ތަނެއް ހިމާޔަތް ކުރަން ނިންމަނީ ވަރަށް ގިނަ ބައެއްގެ މަސައްކަތާއި ގިނަ ހޯދުންތަކާއެކު ގިނަ ކަންކަމަށް ބެލުމަށް ފަހު ކަމަށެވެ.

"އެހެންވެ އެންމެ ދުވަހަކުން އެކަންކަން ރޫޅާލުމަށް ހެޔޮ ނުވާނެ. މިކަމަށް ފާޅުގައި ދެކޮޅު ހަދަން ޖެހޭ، އަޑު އުފުލަން ޖެހޭ. ތަރައްގީގެ މަޝްރޫއުތައް ވެސް ހިންގަން ޖެހޭނެ، ނަމަވެސް ތިމާމެންގެ ވެށި ހަލާކު ހަލާކުވުމަށް ފުރުސަތު ދީގެން ނުވާނެ، ހާއްސަކޮށް ހިމާޔަތްކޮށްފައިވާ،"

ވ. އަތޮޅުގެ ބައެއް ސަރަހައްދުގައި ވެލި އެބަ ހުރި ކަމަށާއި ނަމަވެސް ގަވާއިދަށް އަލަށް ގެނައި ބަދަލާއެކު އެ އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދާ ކައިރިން ވެސް ވެލި ނެގޭ ގޮތަށް އޮތުމުމަކީބތިމާވެއްޓަށް ލިބޭނެ ގެއްލުމެއް ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ހިމާޔަތްކޮށްފައިވަ ސަރަހައްދުތަކާއި "ސެންސިޓިވް" ސަރަހައްދުތަކުން ވެލި ނެގުމުގެ އިތުރުން، އެ ސަރަހައްދުތަކާއި 200 މީޓަރަށް ވުރެ ކައިރިން ވެލި ނެގުމާއި ބިން ހިއްކުމާއި ފަޅު ފުންކުރުން ވެސް މަނާކޮށްފައިވެ އެވެ.

ނަމަވެސް ޖެހިގެން އައި އަހަރު ގަވާއިދަށް ބަދަލު ގެނެސް، ވަޒީރުންގެ މަޖިލީހުން ނިންމާ ތަރައްގީގެ މަޝްރޫއުތަކުގެ ބޭނުމަށް މިފަދަ ސަރަހައްދުތަކުން ވެލި ނެގުމާއި ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަސައްކަތްތަކަށް ޝަރުތަކެއް ފުރިހަމަކޮށް، ތަންފީޒީ އިދާރާ (އީޕީއޭ) ގެ ހުއްދަ ނަގައިގެން ކަމަށް ބަޔާންކޮށްފައިވެ އެވެ.