24 ފެބުރުވަރީ 2023 - 01:06 1
ގައުމީ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން ޒަޔާން އާއި ތޯއިފްގެ ޕެއާ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
24 ފެބުރުވަރީ 2023 - 01:06 1
ޔޫގާންޑާގެ ކަމްޕާލާގައި މިހާރު ކުރިއަށްދާ ޔޫގާންޑާ އިންޓަނޭޝަނަލް ޗެލެންޖުގެ ފިރިހެން ޑަބަލްސް އިވެންޓްގެ ގަދަ 16 ބުރުން ރާއްޖޭގެ އަހުމަދު ތޯއިފް އާއި ޒަޔާން ޒަކީގެ ޕެއާ އަދި މުހައްމަދު އަޖުފާން އާއި ނިބާލް އަހުމަދުގެ ޕެއާ ފުރުސަތު ހޯދައިފި އެވެ.
ގަދަ 16 ބުރުގެ މެޗުތައް އޮންނާނީ މާދަމާ އެވެ.
ރާއްޖޭގެ ކުޅުންތެރިންނަށް މުބާރާތުގެ ސިންގަލްސް އިވެންޓްތައް ވަނީ ނިމިފަ އެވެ. ޑަބަލްސް ބައިގެ ދެ ޕެއާއެއް ގަދަ 16 ބުރަށް ދަތުރުކުރީ ފުރަަތަމަ ބުރު ފަހަނައަޅައި ދިއުމަށް ފަހު އެވެ.
އެ ގޮތުން، ޒަޔާން އާއި ތޯއިފްގެ ޕެއާ ކުޅެން އޮތް މެޗު ލިބުނީ ވޯކްއޯވާ ވެގެންނެވެ. އެއީ ޔޫގާންޑާގެ ބްރަތަމް ކަވީސާ އާއި އަަރަފާތު ޓެންޑޯއާ ދެކޮޅަށް ކުޅެން އޮތް މެޗެކެވެ.
ނުކުޅެ ފުރަތަމަ މެޗު ލިބުމުން ގަދަ 16 ބުރުުގައި ތޯއިފް އާއި ޒަޔާންގެ ޕެއާ ކުޅޭނީ ހަ ވަނަ އަށް ސީޑްކޮށްފައިވާ އަޒަރުބައިޖާންގެ ޕެއާ، ރެސްކީ ޑްވިކާހިއޯ އާއި އަޒްމީ ކޮވިމުރަމާދޯނީގެ ޕެއާއާ އެެވެ.
ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން އަޖުފާން (ކ) އާއި ނިބާލްގެ ޕެއާ ކުޅެނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އަޖުފާން އާއި ނިބާލްގެ ޕެއާ ވަނީ ޔޫގާންޑާގެ ކެނެތު ކޮމްފޯޓް އާއި އަބްދުލް ސުވާބްރޫގެ ޕެއާއާ ދެކޮޅަށް ކުޅުނު މެޗު ސީދާ ދެ ސެޓުން ގެންގޮސްފަ އެވެ. އަޖުފާނާއި ނިބާލްގެ ޕެއާ ސެޓުތައް ގެންދިޔައީ 21-18 އާއި 21-19 އިންނެވެ. ގަދަ 16 ބުރުގައި އަޖުފާނާއި ނިބާލްގެ ޕެއާ ކުޅޭނީ މޮރިޝަސްގެ ލޫކަސް ޑޫޝް އާއި ކެމްޓިޝް ރާއީގެ ޕެއާ އެވެ.
އަންހެން ޑަބަލްސްގެ ގަދަ 16 ބުރުގައި ރާއްޖޭގެ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބީހާ ނުކުންނާނީ މުބާރާތުގައި އެއް ވަނަ އަށް ސީޑްކޮށްފައިވާ އިޓަލީގެ މާޓީނާ ކޯސީނީ އާއި ޖުދީތު މާއީއާގެ ޕެއާއާ ދެކޮޅަށެެވެ. ރާއްޖޭގެ މައިސާ ފަތުހުﷲ އިސްމާއިލް އާއި އައިޝަތު އަފްނާން ރަޝީދުގެ ޕެއާ ވަނީ ކަޓައިފަ އެވެ.
މިކްސް ޑަބަލްސް ބައިގައި ޒަޔާން އާއި ނަބާހާގެ ޕެއާ ވަނީ ބަލްގޭރިއާގެ އިލްޔާން ސްޓޮއިނޯފް އާއި ރިސްޓޯމިރާ ޕޮޕޯވްސްކާގެ ޕެއާ އަތުން 2-1 ސެޓުން ބަލިވެފަ އެވެ. ސެޓުތައް ދިޔައީ 14-21، 21-11 އަދި 21-11 އިންނެވެ.
Comment