23 ފެބުރުވަރީ 2023 - 11:03 0
އައިޝަތު ނުޒުހާ
ހޯރަފުށީ އެއާޕޯޓު؛ އެ އެއާޕޯޓުގެ ދަތުރުތައް ވަނީ މެދުކެނޑިފައި--
23 ފެބުރުވަރީ 2023 - 11:03 0
ފަޔާ ވެހިކަލްއަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ހޯރަފުށީ އެއާޕޯޓުގެ ދަތުރުތައް މެދުކެނޑިއްޖެ އެވެ.
މިކަމާ ގުޅިގެން ހޯރަފުށީ އެއާޕޯޓު ހިންގަމުން ރީޖަނަލް އެއާޕޯޓްސްއިން އޮޕަރޭޓްސްގެ މެނޭޖިން ޑިރެކްޓަަރު މުހައްމަދު ރިޒްވީ "އަދަދު"އަށް ވިދާޅުވީ ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން، ޓެކްނިކަލް ޓީމުން އެ މައްސަލަ ހައްލު ކުރުމަށް އެޓެންޑު ވަމުން އަންނަ ކަމަށެވެ.
އެއާއެކު ދަތުރުތައް މެދުކެނޑިފައިވުމާ އެކު، ހޯރަފުށީ އެއާޕޯޓަށް ދަތުރުކުރަމުން އަންނަ މޯލްޑިވިއަންގެ ހުރިހާ ފްލައިޓެއް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޑައިވާޓު ކޮށްފައިވާ ކަމަށް ރިޒްވީ ވިދާޅުވި އެވެ. އަދި، މަންޓާ އެއާއަށް ވެސް އެކަން ވެސް އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.
މައްސަލަ ހައްލުކޮށް، އަލުން ދަތުރުތައް ފެށޭނެ އިރެއް ބުނަން އަދި ދަތި ކަމަށް ވެސް ރިޒްވީ ވިދާޅުވި އެވެ.
ހޯރަފުށީ އެއާޕޯޓަށް މޯލްޑިވިއަން އިން ދަތުރު ކުރަނީ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު އެވެ. މަންޓާ އެއާއިން ކޮންމެ ދުވަހަކު ހޯރަފުއްޓަށް ޗާޓަރު ދަތުރެއް ކުރެ އެވެ.
Comment