Advertisement

ފުރަގަސް ފަރާތް ބޭނުންކޮށްގެން މާފުށި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު މީހަކު ހުއްޓުވައިފި

23 ފެބުރުވަރީ 2023 - 10:48 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާފުށީ ޖަލު:ފުރަގަސް ފަރާތް ބޭނުންކޮށްގެން މާފުށި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު މީހަކު އިއްޔެ ވަނީ އަތުލައިގަނެފައި -


ފުރަގަސް ފަރާތް ބޭނުންކޮށްގެން މާފުށި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު މީހަކު ހުއްޓުވައިފި

23 ފެބުރުވަރީ 2023 - 10:48 0

ފުރަގަސް ފަރާތް ބޭނުންކޮށްގެން މާފުށީ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު މީހަކު އަތުލައިގެންފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު "އަދަދު" އަށް ވިދާޅުވި ގޮތުގައި އިއްޔެ މާފުށީ ޖަލަށް ގެންދިޔަ ގައިދީއަކު މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހެދި ސްކޭނަކުން އޭނާގެ ފުރަގަސްފަރާތް ބޭނުން ކޮށްގެން ހަށިގަނޑުގެ ތެރޭގައި ރައްކާކޮށްފައިހުރި މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

އެ އަމަލު ހިންގަން އުޅެނިކޮށް އަތުލައިގަނެވުނީ ދިވެހި ފިރިހެނެއް ކަމަށާއި އަތުލައިގަތީ ގާތްގަނޑަކަށް 50 ގުރާމުގެ ހެރޮއިން ކަމަށް އަހުމަދު ވިދާޅުވި އެވެ.

އަހުމަދު އިތުރަށް ވިދާޅުވީ މި ގައިދީއަކީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއެއް ކަމަށާއި އޭނާ އައްސޭރި ޖަލުން މާފުށީ މައި ޖަލަށް އިއްޔެ ގެންދިޔައީ އައްސޭރި ޖަލުގައި ހަމަނުޖެހުމެއް ހިންގައިގެން ކަމަށެވެ. އަދި މިފަދަ ހަމަނުޖެހުން ހިންގަނީ އާންމުކޮށް މިހެން މަސްތުވާތަކެތި އެތެރެކުރަން ބޭނުންވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެނގިފަ އޮތީ އޭނާ ކޮންމެސް ގޮތަކުން (މަސްތުވާތަކެތި) ގެންދާނެކަން، ދެން ގެންދިޔަ ގޮތެއް ހޯދުމަށް ބަލަމުން ގޮސް ބަނޑުގައި ސްކޭން ޖައްސައިގެން ބެލީމަ މި ފެނުނީ އެތެރޭގަ އެއްޗެއް އޮތްކަން," އަހުމަދު ވިދާޅުވި އެވެ.

މީގެއިތުރުން އަހުމަދު ވިދާޅުވީ މިއީ ޖަލަށް މަނާތަކެތި ވެއްދުން ހުއްޓުވުމަށް ޕްރިޒަންސް އޮފިސަރުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން އިތުރު ގޮތްގޮތް ހޯދުމަށް ކުށްވެރިން މަސައްކަތް ކުރަމުންދާކަން ހާމަވާ ކަމެއް ކަމަށެވެ. އެގޮތުން އިތުރު ގޮތެއް ނެތިގެން ކުށްވެރިން މިހާރު އަމިއްލަ ހަށިގަނޑު ވެސް ބޭނުންކުރަމުންދާ ކަމަށް އަހުމަދު ވިދާޅުވި އެވެ.