Advertisement

ދިރާގު ލާމު އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް މާދަމާ ފަށަނީ

22 ފެބުރުވަރީ 2023 - 21:22 0

މީގެ ކުރިން މާލޭގައި ކުރިއަށް ގެންދިޔަ އިންޓަ-ސްކޫލް އެތުލެޓިކްސް މުބާރާތެއްގެ ތެރެއިން -- ފޮޓޯ: އަދަދު


ދިރާގު ލާމު އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް މާދަމާ ފަށަނީ

22 ފެބުރުވަރީ 2023 - 21:22 0

ދިރާގު ލާމު އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ މުބާރާތުގައި 13 ސްކޫލަކުން ބައިވެރިވެފައިވެ އެވެ. ހަ އުމުރުފުރާއަކަށް ބަހާލާފައިވާ މުބާރާތުގައި 400 އަށްވުރެ ގިނަ ދަރިވަރުން 48 އިވެންޓުގައި ވާދަ ކުރާނެ އެވެ.


އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެ މުބާރާތުގެ މި އަހަރުގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ލ. ގަމުގަ އެވެ.

ދިރާގަކީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2023 ވަނަ އަހަރުގެ ޑިޖިޓަލް ޕާޓުނަރު ވެސް މެއެވެ.

އެގޮތުން މި ޕާޓުނާޝިޕް މެދުވެރިކޮށް ދިރާގުން ދަނީ އެ އެސޯސިއޭޝަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެތުލެޓިކްސް މުބާރާތްތައް ކުރިއެރުވުމަށާއި ރާއްޖޭގައި އާ ޖީލެއްގެ އެތުލީޓުން އުފެއްދުމަށް މަގުފަހިކޮށްދީ އެހީތެރިވެދިނުމުގެ މަސައްކަތް ކުރަމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ދަނީ މި ނޫނަސް އެހެނިހެން ގޮތްގޮތުން ކުޅިވަރާއި އިޖުތިމާއީ ހަރަކާތްތައް ކުރިއަރުވައި އެކިއެކި ޕުރޮގުރާމުތަކާއި އިވެންޓުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.