Advertisement

އިލެކްޓްރޯނިކް ހެކި ހޯދުމަށް އެހީވެދޭ 24/7 ނެޓްވޯކެއް ގާއިމް ކުރަނީ

22 ފެބުރުވަރީ 2023 - 15:05 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އިލެކްޓްރޯނިކް ހެކި ހޯދުމަށް އެހީވެދޭ 24/7 ނެޓްވޯކެއް ގާއިމް ކުރަން ގާނޫނުގައި ވަނީ ހިމަނާފައި-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އިލެކްޓްރޯނިކް ހެކި ހޯދުމަށް އެހީވެދޭ 24/7 ނެޓްވޯކެއް ގާއިމް ކުރަނީ

22 ފެބުރުވަރީ 2023 - 15:05 0

އިލެކްޓްރޯނިކް ހެކި ހޯދަން ޖެހޭ ފަދަ ކުށްތަކާ ގުޅިގެން ހިންގާ ޖިނާއީ ތަހުގީގުތަކާއި ޝަރީއަތްތަކަށް ބޭނުންވާ އެހީތެރިކަން ބޭރު ގައުމުތަކުން ހޯދުމަށް 24/7 ނެޓްވޯކެއް ގާއިމް ކުރުމަށް ގާނޫނުގައި ހިމަނަން ހުށަހަޅައިފި އެވެ.

އިންޓަނެޓު މެދުވެރިކޮށް ހިންގާ ހުއްދަ ނޫން އަމަލުތަކަކީ ކުށް ކަމުގައި ކަނޑައެޅުމަށް ތިން ގާނޫނަކަށް އިސްލާހު ގެނައުމަށް ޓަކައި ބިލުތަކެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅައިފަ އެވެ.

ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުގައި 24 ގަޑިއިރު އޮޕަރޭޓު ކުރާ މި ނެޓްވޯކް ގާއިމް ކުރާނީ ފުލުހުންގެ އިދާރާގަ އެވެ.

މި ނެޓްވޯކުން ގާއިމް ކުރާ އެހީތަކުގެ ތެރޭގައި ފަންނީ އެހީ ދިނުމާއި ޑާޓާ ޕްރިޒާވް ކުރުމާއި އިލެކްޓްރޯނިކް ހެދި ހޯދުމާއި ގާނޫނީ މައުލޫމާތު ދިނުން ހިމެނެ އެވެ.

މި ބިލުގައި ދެން ހިމެނެނީ އިލެކްޓްރޯނިކް ހެކި ހޯދުމުގެ ގޮތުންނާއި ޓްރެފިކް ޑޭޓާ ރިއަލް ޓައިމްގައި ނެގުމުގެ ގޮތުންނާއި މިފަދަ ކަންކަމާ ގުޅޭ ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭ އުސޫލުތަކެވެ.