Advertisement

މަޝްރޫއުތައް އަވަސް ކުރަން ކުޅުދުއްފުށީގައި ދިގު މުއްދަތަކަށް މަޑުކުރަން އަސްލަމަށް ދައުވަތު

21 ފެބުރުވަރީ 2023 - 13:13 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ކުޅުދުއްފުށީ އުތުރު ޔާސިރު އަބްދުއްލަތީފް އާއި ވަޒީރު މުހައްމަދު އަސްލަމް--


މަޝްރޫއުތައް އަވަސް ކުރަން ކުޅުދުއްފުށީގައި ދިގު މުއްދަތަކަށް މަޑުކުރަން އަސްލަމަށް ދައުވަތު

21 ފެބުރުވަރީ 2023 - 13:13 1

ކުޅުދުއްފުށީ ސިޓީގައި ހިންގަމުން އަންނަ ޕްލޭނިން މިނިސްޓްރީގެ މަޝްރޫއުތައް ހިންގުން އަވަސް ކުރުމަށް މިނިސްޓަރު މުހައްމަދު އަސްލަމް އެ ސިޓީއަށް ދިގު މުއްދަތަކަށް ވަޑައިގެންނެވުމަށް ދައުވަތު ދެއްވައިފި އެވެ.

އައްޑޫ ސިޓީ މަޝްރޫއުތައް އަވަސް ކުރެއްވުމަށް މިނިސްޓަރު ވަނީ ދުވަސްކޮޅަކަށް އެ ސިޓިއަށް ބަދަލުވެފަ އެވެ. އެ މަސައްކަތްތަކުން މަޝްރޫއުތައް އަވަސް ކުރެވިއްޖެ ކަމަށް ވެސް އަސްލަމް މިއަދު ވިދާޅުވި އެވެ.

އެކަމަށް އިޝާރާތް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ ކުޅުދުއްފުށީ ސިޓީގެ ގިނަ މަޝްރޫއުތައް ހުރީ މަޑުޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި ޕްލޭނިން މިނިސްޓްރީގެ މަޝްރޫއުތައް ވެސް ހިމެނޭ ކަމަށެވެ.

"އެބަހުރިތޯ ކުޅުދުއްފުއްޓަށް ވަޑައިގެން ބޭސް ވެލައްވައިގެން މި ކަންތައްތައް ހައްލު ކުރެވޭކަށް،" ޔާސިރު ވިދާޅުވި އެވެ.

އެ ކަމަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ "ސުވާލު ކުރެއްވީ ކީއްވެކަން އެނގޭ" ކަމަށާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.

މިދިޔަ ކުޅުދުއްފުށީގެ އުމުރާނީ ތަރައްގީގެ ގޮތުގައި ބަޖެޓް ފޮތުގައި ޖަހާފައިވާ މަޝްރޫއުތަކުގެ ތެރެއިން ތިން މަޝްރޫއަކީ އެ މިނިސްޓްރީގެ މަޝްރޫއުތަކެވެ.

އެއީ ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަޝްރޫއު އާއި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ އިތުރުން މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް ރެސިލިއަންސް ޕްރޮޖެކްޓެވެ. މީގެ ތެރެއިން ފެށިފައިވަނީ ހަމައެކަނި މަގު ހެދުމުގެ މަޝްރޫއެވެ.