Advertisement

އިދިކޮޅު މުޒާހަރާގެ ތެރެއިން ފުލުހެއް ގައިގައި ދަނޑިބުރިއަކުން ޖެހި މީހަކު ހައްޔަރުކޮށްފި

20 ފެބުރުވަރީ 2023 - 20:32 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިދިކޮޅު ޕީޕީއެމްގެ މުޒާހަރާގެ ތެރެއިން: މުޒާހަރާގެ ތެރެއިން ހަމަނުޖެހުން ހިންގި މީހަކު ބަންދުކޮށްފި


އިދިކޮޅު މުޒާހަރާގެ ތެރެއިން ފުލުހެއް ގައިގައި ދަނޑިބުރިއަކުން ޖެހި މީހަކު ހައްޔަރުކޮށްފި

20 ފެބުރުވަރީ 2023 - 20:32 0

އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން ފުލުހެއްގެ ގައިގައި ދަނޑިބުރިއަކުން ޖެހިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ތިން ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގައިވާ ގޮތުން ލ. ފޮނަދޫ، ނިއުމޫން، އިބްރާހީމް ޝަމްއޫން މުޒާހަރާގެ ތެރޭގައި ހަރަކާތްތެރިވަމުން ފުލުހެއް ގައިގައި ޖެހި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި "ކޮންމެވެސް ވަރަކަށް" ވަނީ ހެކި ލިބިފަ އެވެ.

އޭނާ ފުލުހެއްގެ ގައިގައި ޖެހީ، މުޒާހަރާގެ ބައިވެރިން ޑިޕްލޮމެޓިކް ކާރެއް ހުއްޓުވުމުން އެ ސަރަހައްދުން މީހުން ދުރަށް ފޮނުވަން އުޅުމުންނެވެ. ޝަމްއޫނަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި ވައްކަން ކުރުމުގެ ރިކޯޑު އޮންނަ މީހެކެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ސިލްސިލާކޮށް ކޮންމެ ރެއަކު މާލޭގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން، މަގުމަތީގެ އަދަބުތާ ހިލާފު އަމަލުތަކެއް ފާހަގަވާ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ނޫސް ބަޔާނެއް ވެސް ނެރެފައިވެ އެވެ.

އާންމުންނަށް އުނދަގޫވާ ގޮތަށް ޓްރެފިކް ބްލޮކް ކުރުމާއި ބޭއަދަބީ ބަސްތަކާއި ޝިއާރުތައް ބޭނުން ކުރުމާއި ދިވެހި ފުލުހުންގެ ހިދުމަތުގެ މަސައްކަތަށް ހުރަސް އެޅޭ ފަދަ އަމަލުތަކާއި 18 އަހަރު ނުފުރޭ ކުޑަކުދިން ބޭނުން ކުރުން ފަދަ މައްސަލަތައް އެޗްއާރުސީއެމަށް ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން، އާންމު ރައްޔިތުންގެ ފަރާތުން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ފެން ޖެހުމާއި ސައިކަލު ފަދަ އެއްގަމު އުޅަނދު ފަހަރު ދުއްވާފައި ގޮސް މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ވަންނަން އުޅުން ފަދަ ކަންކަން ވެސް ފާހަގަ ވެފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.