Advertisement

އުތުރު ކޮރެއާގެ އިންޒާރަށް ފަހު ބެލިސްޓިކް މިސައިލެއް ފޮނުވައިފި

19 ފެބުރުވަރީ 2023 - 07:28 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މިސައިލް ފޮނުވި މަންޒަރު އުތުރު ކޮރެއާގެ ޓީވީއިން ވަގުތުން ދެއްކި. -- ފޮޓޯ: ގެޓީ އިމޭޖާޒް


އުތުރު ކޮރެއާގެ އިންޒާރަށް ފަހު ބެލިސްޓިކް މިސައިލެއް ފޮނުވައިފި

19 ފެބުރުވަރީ 2023 - 07:28 0

އުތުރު ކޮރެއާއިން އިންޓަ ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ލޯންޗުކޮށްފައިވާ ކަމަށް ޖަޕާނުގެ ސަރުކާރުން ބުނެފި އެވެ.

ޖަޕާނުގެ ޑިފެންސް މިނިސްޓްރީން ބުނީ މިސައިލް ލޯންޗުކުރީ ހޮނިހިރު ދުވަހު ކަމަށާއި 66 މިނެޓު ދަތުރު ކުރުމަށް ފަހު ވެއްޓުނީ ޖަޕާނު ކަނޑަށް ކަމަށެވެ.

އެއް ބައްރުން އަނެއް ބައްރަށް ވާސިލްވެވޭ ފަދަ މިސައިލެއް ޓެސްޓުކުރި އިރު، މިދިޔަ ހަފުތާގައި އުތުރު ކޮރެއާއިން ބޭއްވި ޕެރޭޑެއްގައި ވަނީ ގިނަ އަދަދެއްގެ އެ ބާވަތުގެ މިސައިލްތައް ދައްކާލައިފަ އެވެ.

އޭގެ އިތުރުން އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން އެއްވެސް އަސްކަރީ ތަމްރީނެއް ބާއްވައިފި ނަމަ "ވަރުގަދަ ރައްދެއް" ދޭނެ ކަމުގެ އިންޒާރު ވެސް ހުކުރު ދުވަހު އެ ގައުމުން ދިނެވެ.

ދެކުނު ކޮރެއާ އާއި އެމެރިކާ ގުޅިގެން ކޮންމެ އަހަރަކު ވެސް އަސްކަރީ ތަމްރީން ބާއްވަނީ މާޗް މަހުގެ ތެރޭގަ އެވެ. އެ ދެ ގައުމުން ބުނަނީ ތަމްރީންގެ މަގްސަދަކީ އުތުރު ކޮރެއާގެ ނިޔުކްލިއާ އިންޒާރުތަކާ ގުޅިގެން ތައްޔާރީ ހާލަތުގައި ތިބުން ކަމަށެވެ.

އެހެން ނަމަވެސް އުތުރު ކޮރެއާއިން ދެކޭ ގޮތުގައި ތަމްރީންތަކުގެ ބޭނުމަކީ އެ ގައުމުގެ ފަސްގަނޑަށް އަރައި ހަމަލާ ދިނުމަށް ތައްޔާރުވުމެވެ.

ހޮނިހިރު ދުވަހު ފޮނުވި މިސައިލަކީ އުތުރު ކޮރެއާއިން މި އަހަރު ލޯންޗުކުރި ދެ ވަނަ މިސައިލެވެ. މި އަހަރުގެ ފުރަތަމަ މިސައިލް ލޯންޗުކުރީ ޖެނުއަރީ އެއް ވަނަ ދުވަހު އެވެ.