Advertisement

އަރަބި ކަނޑުގައި އިޒްރޭލުގެ އުޅަނދަކަށް ހަމަލާ ދީފި

18 ފެބުރުވަރީ 2023 - 12:56 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލުގެ އުޅަނދު. -- ފޮޓޯ: ރޮއިޓާޒް


އަރަބި ކަނޑުގައި އިޒްރޭލުގެ އުޅަނދަކަށް ހަމަލާ ދީފި

18 ފެބުރުވަރީ 2023 - 12:56 0

މިދިޔަ ހަފުތާގައި އަރަބި ކަނޑުގައި އޮތް އިޒްރޭލުގެ އުޅަނދަކަށް ހަމަލާ ދިން ކަމަށް އެ ސަރަހައްދުގެ ދިފާއީ މަސްދަރަކުން ހުކުރު ދުވަހު ބުނެފި އެވެ.

އެ މަަސްދަރުން ބުނީ ފެބްރުއަރީ 10 ވަނަ ދުވަހު ދިން ހަމަލާގެ ތުހުމަތު ކުރެވެނީ އިރާނަށް ކަމަށެވެ. ހަމަލާގައި ބޭނުންކުރީ ޑްރޯން ކަމަށާއި އެއްވެސް މީހަކު މަރު ނުވާ ކަމަށް މަސްދަރުން ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން އިރާނުން ވަކި އެއްޗެއް ނުބުނެ އެވެ. އެހެން ނަމަވެސް މީގެ ކުރިން އިރާނަށް ކުރި އެފަދަ ތުހުމަތުތައް އެ ގައުމުން ދޮގުކޮށްފައިވެ އެވެ.

އިޒްރޭލުގެ އުޅަނދަށް ހަމަލާ ދިނީ އިރާނާއި ހުޅަނގުގެ ގައުމުތަކުގެ މަޝްރަހު ހޫނުވެފައި ވަނިކޮށެވެ. އެގޮތުން ނިޔުކްލިއާ މައްސަލަ އާއި ހަތިޔާރު ސަޕްލައި ކުރުމުގެ މައްސަލައިގައި ހުޅަނގުން ހިތްހަމަނުޖެހެ އެވެ.

އިޒްރޭލުގެ އުޅަނދަކަށް ހަމަލާދީފައިވާ ކަމަށް މަސްދަރަކުން ބުނެފައިވާ އިރު، އިނގިރޭސި މެރިޓައިމް ސެކިއުރިޓީ ކުންފުނި އެމްބްރޭ އިންޓެލިޖެންސުން ބުނީ ޑްރޯންތައް އަމާޒު ކުރީ ދެ ޓޭންކަރާއި މުދާ އުފުލާ ބޯޓަކަށް ކަމަށެވެ.

އޭގެ ތެރެއިން ދެ ބޯޓު ނިސްބަަތް ވަނީ އިޒްރޭލަށް ކަމަށާއި ތިން ވަނަ ބޯޓު ނިސްބަތް ވަނީ ޔޫއޭއީއަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު އިރާނުގެ މެދުތެރޭގައި އޮންނަ އިސްފަހާން ސިޓީގެ އަސްކަރީ ސައިޓަކަށް ޑްރޯން ހަމަލާ ދިނީ އިޒްރޭލުން ކަމަށް އެ ގައުމުން ތުހުމަތު ކުރެ އެވެ. އަދި އޭގެ ބަދަލު ހިފާނެ ކަމަށް ބުނެފައިވެ އެވެ.