Advertisement

ކަރާޗީގައި ފުލުހުންގެ މަރުކަޒަކަށް ހަމަލާ ދީފި

18 ފެބުރުވަރީ 2023 - 08:54 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކަރާޗީގައި ފުލުހުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: އޭއެފްޕީ


ކަރާޗީގައި ފުލުހުންގެ މަރުކަޒަކަށް ހަމަލާ ދީފި

18 ފެބުރުވަރީ 2023 - 08:54 0

ޕާކިސްތާނުގެ ތާލިބާނުން ހަމަލާ ދިން ފުލުހުންގެ މަރުކަޒެއްގެ ފުރިހަމަ ކޮންޓްރޯލް އަނބުރާ ހޯދާފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ގަޑިއިރުތަކެއް ވަންދެން ހަމަލާ ބަދަލު ކުރުމަށް ފަހު ތިން ޓެރަރިސްޓުން މަރާލައި ފުލުހުންގެ މަރުކަޒުގެ ކޮންޓްރޯލް ހޯދި ކަމަށެވެ.

އެ އޮޕަަރޭޝަނުގެ ތެރޭގައި ތިން ފުލުހުންނާއި އާއްމުންގެ މީހަކު ވެސް މަރުވި އެވެ.

އެ ސަރަހައްދުގައި އުޅޭ މީހުންނާ ހަވާލަދީ ނޫސްތަކުން ބުނީ ފުލުހުންގެ މަރުކަޒުގެ ތެރެއިން ބާރުގަދަ އެއްޗެއްގެ ގޮވުމުގެ އަޑު އިވުނު ކަމަށެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން ހަމަލާ ދިން ޓެރަރިސްޓުން ތިބީ ފުލުހުންނަށް ހެދި، ޔުނިފޯމް ލައިގެންނެވެ. އެ މަރުކަޒަކީ ކަރާޗީގެ އެންމެ އިސް ފުލުސް އޮފިސަރުންގެ އޮފީސް ހުންނަ މަރުކަޒެވެ.

ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް އިރްފާން ބަލޮޗް ރޮއިޓާޒް ނޫހަށް ވިދާޅުވީ ހަމަލާ ދިން ވަގުތު މަދުވެގެން 30 އޮފިސަރުންނަށް މަރުކަޒުގެ ތެރޭގައި ތިބި ކަމަށެވެ.

ތެހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އަކީ ޕާކިސްތާނުގެ ތާލިބާނުންނެވެ. ސަރުކާރާ ދެކޮޅަށް އެ ގްރޫޕުން ދޭ ހަމަލާތައް ވަނީ ވަރުގަދަކޮށްފަ އެވެ.

ޓީޓީޕީއަކީ އަފްގާނިސްތާނުގެ ތާލިބާނުންނާ ވަކި ޖަމާއަތެކެވެ. އެހެން ނަމަވެސް ދެ ޖަމާއަތުން ވެސް ގެންގުޅެނީ އެއް ކަހަލަ ވިސްނުންތަކެކެވެ.