Advertisement

ބޮޑުތަކުރުފާނު މަގުގެ ބާކީބައި ފުޅާކޮށް ތާރުއަޅަން އެމްޓީސީސީއާ ހަވާލުކުރަނީ

16 ފެބުރުވަރީ 2023 - 12:19 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ


ބޮޑުތަކުރުފާނު މަގުގެ ބާކީބައި ފުޅާކޮށް ތާރުއަޅަން އެމްޓީސީސީއާ ހަވާލުކުރަނީ

16 ފެބުރުވަރީ 2023 - 12:19 0

ބޮޑުތަކުރުފާނު މަގުގައި މިހާރު ތާރު ނާޅައި އޮތް ސަރަހައްދު ހެދުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް "އަދަދު" އަށް މިއަދު ވިދާޅުވީ އެ މަގުގެ އުތުރާއި ހުޅަނގު ފަރާތުގައި ތާރު އަޅަން ނިންމާފައިވަނީ މަގު ފުޅާ ކޮށް، އެއްގަމު ތޮށި ބޭރަށް ބަދަލު ކުރުމަށް ފަހުގަ އެވެ.

އެ މަސައްކަތް ޕްލޭން ކުރުމަށް ފަހު، އެމްޓީސީސީއާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"މަސައްކަތް ވީހާ ވެސް އަވަހަކަށް އެމްޓީސީސީއާ ހަވާލުކޮށް ނިންމުމަށް ވަނީ ޕްލޭން ކުރެވިފައި،" އަސްލަމް ވިދާޅުވި އެވެ.

މަގު ފުޅާކޮށް ހަދައި ނިމޭއިރު، މިހާރު ރަށްރަށުން އަންނަ ލޯންޗުތައް ކައިރިކޮށް ޖެޓީ ބޭނުން ކުރުމަށް ވެސް ފަސޭހަ ވާނެ ގޮތަކަށް ޕްލޭން ކުރެވިފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ނަމަވެސް، މަގު ހަދަން ހަވާލުކުރެވޭނެ ސީދާ ދުވަހެއް އަސްލަމް ހާމަ ނުކުރައްވަ އެވެ.

މާލޭގެ ވަށައިގެން އޮތް ރިންގް ރޯޑުގައި ތާރު އަޅައި، މަގު ހަދާފައިވަނީ މިދިޔަ ސަރުކާރުގަ އެވެ. މިހާރު ތާރު އަޅާފައި އޮންނަނީ ފުޑް ކޯޓު ސަރަހައްދުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލް އާ ހަމައަށެވެ.