Advertisement

މަސައްކަތް ނުހިނގާތީ ފުޓްސަލް ދަނޑުގައި ފަތްކެޔޮ އިންދައިފި

15 ފެބުރުވަރީ 2023 - 10:08 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު


މަސައްކަތް ނުހިނގާތީ ފުޓްސަލް ދަނޑުގައި ފަތްކެޔޮ އިންދައިފި

15 ފެބުރުވަރީ 2023 - 10:08 0

ބ.ގޮއިދޫ ފުޓްސަލް ދަނޑާއި ވޮލީ ކޯޓުގެ މަސައްކަތް ކުރިއަށް ނުދާތީ އެ ރަށުގެ ރައްޔިތުން ނުކުމެ އެތަނުގައި ފަތްކެޔޮ އިންދައިފި އެވެ.

ގޮއިދޫ ކައުންސިލްގެ ރައީސް މުހައްމަދު ސިޔާން "އަދަދު" އަށް މައުލޫމާތުު ދެއްވަމުން ވިދާޅުވި ފުޓްސަލް ދަނޑުގެ މަސައްކަތް މިހާރު އޮތީ ހުއްޓިފައި ކަމަށާއި ދަނޑުގައި ކެޔޮ އިންދީ ބައެއް ރައްޔިތުން އެކަމާ ހިތްހަމަނުޖެހިގެން، ކަމަށް ބެލެވޭ ކަމަށެވެ.

އަދި މައުލޫމާތު ލިބުނު ގޮތުގައި ރޭގެ ވަގުތެގައި އެ ރަށު ވޮލީ ކޯޓުގައި ވެސް ދޮންކެޔޮ އަދި ފަޅޯ ގަސް އިންދާފައިވެ އެވެ.

ބ.ގޮއިދޫ ވޮލީ ކޯޓް


މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ ރަށު ފުޓްސަލް ދަނޑުގެ މަސައްކަތް ހެބިޓެޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރީ ހަތަރު މަސް ތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކުރި އެވެ.

އެެކަމަކު އެކި ސަބަބުތަކާ އެދި މިހާރު މަސްކަތްތަށް ހުއްޓިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. ސިޔާން ވިދާޅުވީ އެ ކުންފުނީގެ ބޭފުޅުން އެކި ކަހަލަ ސަބަބުތައް ދައްކަމުން އަންނަ ކަމަށެވެ.

"މިހާރު ދެ ހަފްތާ ވެއްޖެ މަސައްކަތް ހުއްޓިފައި އޮންނަތާ. އަނެއްކާ އަންނަ ހޮނިހިރު ދުވަހު މަސައްކަތް ފަށާނެ ކަމަށް ބުނީ. އަދި މާރިޗު މަހުގެ 15 ވަނަ ދުވަހަ ނިންމާނެ ކަމަށް ބުނީ." ސިޔާން ވިދާޅުވި އެވެ.

މީގެ ކުރިން ހދ. ނޮޅިވަރަމު ފުޓްބޯޅަ ދަނޑުގައި ޓާފު އަޅަން ތައްޔާރުވެފައި ވަނިކޮށް ޓާފްތަކުގައި ވެސް ރޯކޮށްލައިފައިވެ އެވެ.

ބ. ގޮއިދޫ ފުޓްސަލް ދަނޑުގެ މަޝްރޫއުގެ ޖުމްލަ އަގަކީ އަށް ލައްކަ ރުފިޔާ އެވެ.