Advertisement

ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވަން ސައުދީގެ އެއްބާރުލުން ނުލިބޭ: މިނިސްޓަރު

13 ފެބުރުވަރީ 2023 - 09:39 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ސަލްމާން މިސްކިތުގައި ބަޔަކު ނަމާދު ކުރަނީ؛ މިސްކިތް މިހާތަނަށް ރަސްމީކޮށް ހުޅުވާފައިނުވޭ-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވަން ސައުދީގެ އެއްބާރުލުން ނުލިބޭ: މިނިސްޓަރު

13 ފެބުރުވަރީ 2023 - 09:39 0

ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވި ލަސްވަނީ ސައުދީ ސަރުކާރުން އެކަމަށް އެއްބާރުލުން ނުލިބޭތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި 2018 ވަނަ އަހަރު އަޅަން ފެށި ކިންގް ސަލްމާން މިސްކިތަކީ 25 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އޭގެ ތެރެއިން 14 މިލިއަން ޑޮލަރަކީ ސައުދީގެ ހިލޭ އެހީ އެވެ. ބާކީ ހަރަދުކުރީ ދިވެހި ސަރުކާރުންނެވެ.

ދެހާސް 2020 ގައި މުޅިން ނިންމި އެ މިސްކިތުގައި މިދިޔަ ރޯދަ މަހު ނަމާދު ކުރަން ފެށި ނަމަވެސް، އަދިވެސް ރަސްމީކޮށް މިސްކިތް ނުހުޅުވަ އެވެ. މިކަމާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ވަނީ ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑު އައުމުގެ ކުރިން ވެސް މިސްކިތް ހުޅުވުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީ އާއި ރައީސް އޮފީހާއި އިސްލާމިކް މިނިސްޓްރީއާއެކީގައި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

ސައުދީގެ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ރާއްޖެ ވަޑައިގެން އެ މަޝްވަރާތައްކޮށް، ގިނަ ތައްޔާރީތައް ވެވުނު ނަމަވެސް އެކަން ކުރިއަށް ނުދާ ކަމަށެވެ.

މިސްކިތް ރަސްމީކޮށް ހުޅުވަން ދުވަހެއް އަންގާނެ ކަމަށް ސައުދީން ބުނި ނަމަވެސް މިހާތަނަށް އަންގާފައި ނުވާ ކަމަށް ވެސް މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވި އެވެ.