Advertisement

50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ވެލިގާ ރޯދަ ސޭލް ފަށައިފި

11 ފެބުރުވަރީ 2023 - 13:15 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަޖީދީ މަގުގައި ހުންނަ ވެލިގާގެ ފިހާރައެއް. މިއަހަރު ވެލިގާއިން ދޫކުރާނީ އޮންލައިން ކޫޕަން --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ވެލިގާ ރޯދަ ސޭލް ފަށައިފި

11 ފެބުރުވަރީ 2023 - 13:15 0

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހާޑުވެއާ ވިޔަފާރި ކުރަމުން އަންނަ އެއް ކުންފުނި، ވެލިގާގެ ދަށުން ހިންގަމުން އަންނަ ފިހާރަތަކުގައި މިއަހަރުގެ ރޯދަ ސޭލް ފަށައިފި އެވެ.

އަންނަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ އެ ސޭލްގެ މުއްދަތުގައި އެ ފިހާރަތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.

ވެލިގާ ރޯދަ ސޭލް ކުރިއަށް ދާނީ ވެލިގާ ހާޑުވެއާގެ ފިހާރަތަކާއި އެ ކުންފުނިން ހިންގަމުން އަންނަ ބްލަންކުގެ ފިހާރަތަކުންނެވެ. ބްލަންކުގެ ފިހާރަތަކަކީ ގޭތެރެ ޒީނަތްތެރި ކުރުމާއި ފާޚާނާގެ ސާމާނުތަކަށް ހާއްސަކޮށް ހިންގަމުން އަންނަ ފިހާރަތަކެވެ.

ޑިސްކައުންޓުތަކުގެ އިތުރުން ރޯދަ ސޭލްގެ މުއްދަތުގައި އެ ފިހާރަތަކުން ކުރާ 100ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. ކުރާ ވިޔަފާރީގެ ޖުމްލައަށް އިތުރުވާ ކޮންމެ 100ރ. އަކަށް އިތުރު ކޫޕަނެއް ލިބޭނެ ކަމަށް ވެލިގާއިން ބުނެ އެވެ.

މިއަހަރުގެ ވެލިގާ ރޯދަ ސޭލްގައި ދޫކުރުމަށް ހަމަޖެހިފައި ވަނީ އޮންލައިން ކޫޕަން އެވެ. ވިޔަފާރި ކުރުމަށްފަހު ފައިސާ ދައްކާއިރު އެމީހެއްގެ ފޯނު ނަންބަރު ކިޔައިދިނުމުން ރޯދަ ސޭލް ޕްރޮމޯޝަނުގައި އެ ކަސްޓަމަރަކަށް ބައިވެރިވެވޭނެ އެވެ.

ވެލިގާ ރޯދަ ސޭލްގައި ރެޖިސްޓާވާ ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ވެލިގާ ރޯދަ ސޭލްގައި ބައިވެރިވެވުނު ކަމުގެ މެސެޖަކާ އެކު ކޫޕަންތަކުގެ ތަފްސީލު ބަލައިލެވޭ ލިންކެއް ފޯނަށް ލިބޭނެ އެވެ.

ވެލިގާ ރޯދަ ސޭލްގެ މުއްދަތުގައި އެ ފިހާރަތަކުން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ވެލިގާ ކުންފުނިން ވަނީ އަގުހުރި އިނާމުތަކެއް ވެސް ހުށަހަޅާފަ އެވެ.

އެގޮތުން، އެއްވަނައަށް ހޮވޭ ނަސީބުވެރިއަކަށް 15،000ރ. ގެ ގިފްޓު ވައުޗަރެއް ލިބޭނެ އެވެ. އަދި ގުރުއަތުން ހޮވޭ އިތުރު ފަސް ފަރާތަކަށް 3000ރ. ގިފްޓު ވައުޗަރު ލިބޭނެ އެވެ.

އެ ގިފްޓު ވައުޗަރުތައް ބޭނުންކޮށްގެން ވެލިގާ އަދި ބްލަންކުގެ ފިހާރަތަކުން ވައުޗަރު ބޭނުން ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ވިޔަފާރި ކުރެވޭނެ އެވެ.

ދެހާސް އަށްވަނަ އަހަރު ފެށި ވެލިގާ ވިޔަފާރީގެ ދަށުން ޖުމްލަ ފަސް ފިހާރަ މާލެ ސަރަހައްދުގައި މިހާރު ހިންގަމުންދެ އެވެ.

ޒަމާނަށް އައި ކުރިއެރުމާ އެކު ރާއްޖޭގެ ކޮންމެތަނެއްގައި ހުރެގެންވެސް ވެލިގާގެ ވެބްސައިޓު މެދުވެރިކޮށް އެ ބްރޭންޑުގެ ފިހާރަތަކުން ވިޔަފާރި ކޮށްލެވޭނެ މަގު އެ ކުންފުނިން ވަނީ ފަހި ކޮށްދީފަ އެވެ. އެ ކުންފުނީގެ ވެބްސައިޓަކީ މިވަގުތު ރާއްޖޭގައި އެއްތަނަކުން އެންމެ ގިނަ ހާޑުވެއާ ސާމާނު ލިބެން ހުންނަ ވެބްސައިޓެވެ.