Advertisement

ޖޭޕީގެ ލީޑަރު ގާސިމްގެ އެޑްވައިޒަރަކަށް ނިހާން އައްޔަންކޮށްފި

10 ފެބުރުވަރީ 2023 - 20:43 3

އަހުމަދު އާއިދު

އަހުމަދު އާއިދު

ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެޑްވައިޒަރު ނިހާން - ފޮޓޯ: ޖޭޕީ


ޖޭޕީގެ ލީޑަރު ގާސިމްގެ އެޑްވައިޒަރަކަށް ނިހާން އައްޔަންކޮށްފި

10 ފެބުރުވަރީ 2023 - 20:43 3

ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމަށް ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު އައްޔަންކޮށްފި އެވެ.

ނިހާން އެ މަގާމަށް އައްޔަންކުރިކަން މިއަދު އެ ޕާޓީއިން ވަނީ އިއުލާންކޮށްފަ އެވެ. މީގެ ކުރިން ރައްޔިތުން މަޖިލީހުގައި އަދި ސިޔާސީ ދާއިރާގެ ކުރީ ސަފުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ނިހާން މި ފަހުން ސިޔާސީ މައިދާނުގައި އެކްޓިވްކޮށް ފެނިގެން ގޮސްފައެއް ނުވެ އެވެ.

ކުރީގެ ރައީސް މައުމޫނާއެކު ޑީއާރުޕީ އިން ސިޔާސީ މައިދާނަށް ނުކުންނެވި ނިހާން އޭގެ ފަހުން ފެނިގެން ގޮސްފައިވަނީ ޕީޕީއެމް އިންނެވެ. ނަމަވެސް ޕީޕީއެމްގެ ސަރުކާރު ނިމި އޮގަސްޓު 2019 ގައި ނިހާން ވަނީ އެ ޕާޓީ ދޫކުރައްވައި ޖޭޕީއަށް ސޮއިކުރައްވާފަ އެވެ.

ޖޭޕީއަށް ގުޅިވަޑައިގަތުމަށްފަހު ނިހާން ވިދާޅުވީ އެ ޕާޓީއަށް ގުޅުނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެ ޕާޓީ އެހެން ހަރުފަތަކަށް ގެންދިއުމަށް ކަމަށާއި ޕާޓީގެ އެއްވެސް މަގާމެއް ބޭނުންނުވާ ކަމަށެވެ.

ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރަކަށް ނިހާން އައްޔަންކޮށްފައި މިވަނީ މި އަހަރުގެ ރިޔާސީ އިންތިހާބާމެދު އެ ޕާޓީއިން ގޮތެއް ނިންމުމަށް ބާއްވާ ކޮންގްރެސްއަށް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.

އެގޮތުން މި މަހު 24 ގައި ބާއްވާ ކޮންގްރެސްގައި ރިޔާސީ އިންތިހާބާއި ރިޔާސީ ޓިކެޓާ މެދު ގޮތެއް ނިމިގެންދާނެ ކަމަށް އެ ޕާޓީއިން ވަނީ ބުނެފަ އެވެ.

ވެރިކަން ކުރާ ކޯލިޝަނުގައި މިވަގުތު އޮތް ޖޭޕީއިން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރާނެ ކަމުގެ އަޑުތައް ދަނީ ގަދަވަމުންނެވެ.

އެގޮތުން ރިޔާސީ އިންތިހާބުގައިރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ތާއީދު ކުރައްވާނެ އެއްގޮތެއް ވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބުރާސްފަތި ދުވަހު ވިދާޅުވެފަ އެވެ.