Advertisement

ހޫނު މޫސުމާ ދިމާކޮށް ކޮކާކޯލާގެ ހާއްސަ ޕްރޮމޯ ޕެކެއް

9 ފެބުރުވަރީ 2023 - 13:58 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ހޫނު މޫސުމާ ދިމާކޮށް ކޮކާކޯލާގެ ހާއްސަ ޕްރޮމޯ ޕެކެއް

9 ފެބުރުވަރީ 2023 - 13:58 0

މި އަހަރުގެ ހޫނު މޫސުމާ ދިމާކޮށް ކޮކާކޯލާއިން ހާއްސަ ޕްރޮމޯ ޕެކެއް ތައާރަފުކޮށްފި އެވެ.

ކޮކާކޯލާގެ މިހާރު ހުރި ސްޓޮކު ހުސްވުމާ ހަމައަށް ފިހާރަތަކުން ގަންނަ ކޮންމެ 1.25 ލީޓަރު އަދި 2 ލީޓަރުގެ ބުއިމަކާ އެކު 1.5 ލީޓަރުގެ ބޮނަކުއާ ފެންފުޅިއެއް ހިލޭ ލިބޭނެ އެވެ. އޭގެތެރޭގައި ކޮކާކޯލާ ޒީރޯ އާއި ކޮކާކޯލާ އަދި ސްޕަރިޓު، ފެންޓާ އޮރެންޖުގެ އިތުރުން ފެންޓާ ސްޓުރޯބެރީން ވެސް ހިމެނެ އެވެ.

ބޮނަކުއާ އަކީ ކޮކާކޯލާ ކުންފުނިން ރާއްޖޭގައި އުފައްދައި ބަންދު ކުރާ ފެނެކެވެ. އެ ފެނަކީ ދިވެހިންނަށް އެންމެ ކަމުދާނެ ގޮތަށް މިނެރަލް ހިމަނައިގެން ތައްޔާރު ކުރާ ފެންވަރު ރަނގަޅު ފެނެއް ކަމަށް ކޮކާކޯލާއިން ބުނެ އެވެ.

"އަހަރުމެން ކޮކާކޯލާއިން މަސައްކަތް ކުރަނީ ހަމައެކަނި މީހުންގެ ކަރުހިއްކުން ފިލުވާލަދިނުމުގެ ބަދަލުގައި ގިނަ ރަހަތަކެއްގެ ތެރެއިން އެމީހަކު ބޭނުންވާ ރަހައަކުން އެމީހެއް ކައުހިއްކާލުމުގެ ފުރުސަތު މީހުންނަށް ފަހިކޮށްދިނުން،" މެނޭޖިން ޑިރެކްޓަރު ފޯ ކޮކާކޯލާ އިން މޯލްޑިވްސް، މރ. ޕަންކަޖް ސިންހާ ވިދާޅުވި އެވެ.

ކޮކާކޯލާއިން ބުނީ މި ޕްރޮމޯ ޕެކުގެ ތައާރަފު ކުރުމުގެ ބޭނުމަކީ މިއީ ހޫނުގަދަ ދުވަސްވަރެއް ކަމަށްވެފައި ގިނައިން ފެން ބުއިމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވާތީ މީރު ބުއިމަކާ އެކު ކަރުހިއްކުން ފިލުވާލުމުގެ ފުރުސަތު މީހުންނަށް ދިނުން ކަމަށެވެ.

މީގެ 135 އަހަރު ކުރިން އުފަންކުރުވި ކޮކާކޯލާ ކުންފުންޏަކީ ތަފާތު އެކި ބާވަތްތަކުގެ ބުއިންތައް އުފެއްދުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުންޏެވެ. އެކުންފުނިން ވަނީ މާލެ އެރޭޓެޑް ވޯޓާ ކޮމްޕެނީއާ ގުޅިގެން ތަފާތު އެކި ވައްތަރުގެ ބުއިންތައް ރާއްޖޭގެ މާކެޓަށް ވެސް ތައާރަފުކޮށްފަ އެވެ.

މާލެ އެރޭޓޭޑް ވޯޓާ ކޮމްޕެނީ އަކީ ކޮކާކޯލާގެ ރާއްޖޭގެ ބޮޓުލިން ޕާޓުނަރެވެ.