Advertisement

ފޯރި އާއި ޖޯޝުން ފުރިގެންވާ "ޗާޖްޑް ނައިޓްސް" ޝޯ ތިން ރެއެއްގައި

12 އޮގަސްޓު 2023 - 23:29 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


ފޯރި އާއި ޖޯޝުން ފުރިގެންވާ "ޗާޖްޑް ނައިޓްސް" ޝޯ ތިން ރެއެއްގައި

12 އޮގަސްޓު 2023 - 23:29 0

ކޮކާ-ކޯލާ މޯލްޑިވްސްއިން އަލަށް ތައާރަފްކުރި ބުއިން "ޗާޖްޑް" ގެ މުނިފޫހިފިލުވުމުގެ ޝޯތަކެއް ބާއްވަން ނިންމައިފި އެވެ.

"ޗަރޖްޑް ނައިޓްސް" ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތް ތިން ތަނެއްގައި ކުރިއަށް ގެންދާނެ އެވެ.

ކޮކާ-ކޯލާއިން ބުނީ މި ހަރަކާތަކީ މިއުޒިކާއި ހަކަތަ އަދި ހަނދާން ނައްތާނުލެވޭނެ ފަދަ ތަޖުރިބާތަކެއް އެކުލެވިގެންވާ ހަރަކާތަކަށް ވާނެ ކަމަށެވެ.

މި އިވެންޓުގެ ފުރަތަމަ ޝޯ ރޭ އާޓިފިޝަލް ބީޗުގައު އޮތް އިރު، ހަބޭސް ބޮޑުބެރު އާއި ފާލިހް އާދަމް އެންޑް ބޭންޑްގެ ހިތްގައިމު ހުށަހެޅުންތައް ފެނިގެން ދިޔަ އެވެ.

ޗާޖްޑް ނައިޓްސް ދެން އޮންނާނީ އޮގަސްޓް 18، ގައި ސޯޝަލް ސެންޓަރުގަ އެވެ. އެ ތަނުގައި ވެސް، ހަބޭސް ބޮޑުބެރު އާއި ފާލިހް އާދަމް އެންޑް ބޭންޑްގެ ހުށަހެޅުންތައް އަދި ޑީޖޭ އޮންނާނެ އެވެ.

އެ އިވެންޓުގެ ފަހު ޝޯ އޮންނާނީ އޮގަސްޓް 25، ގައި ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. ރަވީއޯ، އީކުއޭޓިކް ވައިބް އަދި ސްކައި ރޮކްގެ ހުނަރުން ފުރިގެންވާ ހުށަހެޅުންތައް ފަހު ރޭގައި ފެނިގެންދާނެ އެވެ.

ޗާޖްޑް ނައިޓްސް ކުރިއަށްދާ ކޮންމެ ތަނެއްގައި ވެސް ޗާޖްޑް ބުއިން ލިބޭ ސްޓޯލްތައް ހުންނާނެ އެވެ.

ޗާޖްޑް ނައިޓްސްގެ ހިތްގައިމުކަން ގުޅިފައިވަނީ، މިހާރު ކުރިއަށްގެންދާ "ގެޓް ޗަރޖްޑް އެންޑް ވިން" ޕްރޮމޯޝަންއާ އެވެ. ބެނެލީ ސައިކަލާއި ހެލްމެޓާއި ޗާޖްޑް ކޭސްތައް ފަދަ އިނާމުތައް ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.

ބެނެލީ ސައިކަލާއި އަދިވެސް އިތުރު އިނާމުތައް ލިބޭ ނަސީބުވެރިން އިއުލާނުކުރަން ހަމަޖެހިފައިވަނީ އޮގަސްޓް 19، އަދި ސެޕްޓެމްބަރު 2، ގެ އިތުރުން ސެޕްޓެމްބަރު 16، ގަ އެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޗާޖްޑް ދަޅެއް ގަންނައިރު ލިބޭ ކާޑުކޮޅު ކަހާލުމުން ފެންނަ ކޯޑް އެސްއެމްއެސް މެދުވެރިކޮށް 2626 އަށް ފޮނުވުމުންނެވެ.

ޗާޖްޑް ބްރޭންޑާ ގުޅޭ މައުލޫމާތާއި އެންމެ ފަހުގެދުމަށް ފޭސްބުކް، އިންސްޓަގްރާމް އަދި ޔޫޓިއުބުން ލިބޭނެ އެވެ.