Advertisement

މެޗުގެ ހަމަނުޖެހުމުގެ ހަބަރުތައް ގެންނަ ގޮތުން ގުރައިދޫ ސްކޫލު ކަންބޮޑުވެއްޖެ

9 ފެބުރުވަރީ 2023 - 11:30 2

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު

ކަލާފާން ސްކޫލާއި ގުރައިދޫ ސްކޫލް މެޗަށްފަހު ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރެއިން


މެޗުގެ ހަމަނުޖެހުމުގެ ހަބަރުތައް ގެންނަ ގޮތުން ގުރައިދޫ ސްކޫލު ކަންބޮޑުވެއްޖެ

9 ފެބުރުވަރީ 2023 - 11:30 2

އިންޓަސްކޫލް ފުޓްބޯޅަ މުބާރާތުގެ ކ. ގުރައިދޫ ސްކޫލާއި ކަލާފާން ސްކޫލް ބައްދަލު ކުރި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުމާ ގުޅިގެން އެކަން ހިނގާދިޔަ ގޮތް އޮޅޭގޮތަށް މީޑިއާތަކުގައި ހަބަރު ފަތުރާ ކަމަށް ބުނެ ގުރައިދޫ ސްކޫލުން އެކަން ކުށްވެރިކޮށްފި އެވެ.

ގުރައިދޫ ސްކޫލުން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހޯމަ ދުވަހު ކުރިއަށްދިޔަ އިންޓަސްކޫލް 17 އަހަރުން ދަށުގެ އުމުރުފުރާގެ މުބާރާތުގެ ސެމީފައިނަލް މެޗު ނިމުމުން ސަޕޯޓަރުން ހިންގާފައިވާ ކުޅިވަރުގެ ހިލާފު ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް އެ މެޗަށްފަހު ކަން ހިނގާދިޔަގޮތާ ގުޅޭގޮތުން މީޑިއާތަކުގައި ދެކެވޭ ވާހަކަތަކާއި، ހިނގާ އެއްވެސް ހަމަނުޖެހުމެއްގައި އެކަމުގައި ބައިވެރިނުވާ ދަރިވަރުންނާއި އޮފިޝަލުންގެ ފޮޓޯ އާއި ނަން ބޭނުންކޮށްގެން ދައުރުކުރަމުންދާ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި އެކަމުގެ ސަބަބުން ކުދިންނަށް ނަފްސާނީ ގޮތުން ތަފާތު އެކި ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށް ވެސް ބުންޏެެވެ. އަަދި ކުދިންނަށް ތަފާތު ގޮތްގޮތަށް ރައްދުވަމުންދާ ފުރައްސާރައިގެ ބަސްތައް ވަގުތުން ހުއްޓާލުމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ކަމުގެ ހަގީގަތް އޮޅޭގޮތަށް ހަބަރު ފަތުރަމުންދާ ނޫސްތަކަށް ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފަ އެވެ.

މެޗުގެ ހަމަނުޖެހުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މެޗު ނިމުމުން ސަޕޯޓަރުންގެ ބަޔަކު ދަނޑަށް އަރާ ހިންގާފައިވާ ހަމަނުޖެހުންތަކަކީ ކުޅިވަރުގެ ރޫހާއި ހިލާފު އަމަލުތަކެއް ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި އިންޓަސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗް ނިމުމުން ސަޕޯޓަރުންގެ ބަޔަކާއި ޓީމުގެ އޮފިޝަލުން އަދި ކުޅުންތެރިން ވެސް ހިމެނޭ ގޮތަށް ރެފްރީ ފަހައި ވަނީ ދުވެފަ އެވެ. ރެފްރީ އަށް ގުރައިދޫގެ ގިނަ ފަރާތްތަކެއް ހިމެނޭހެން ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު، ރެފްރީސް ރޫމާ ހަމައަށް ދުވެފައި ދާތަން ވެސް ފެނެ އެވެ.