Advertisement

ގަކްޕޯ ލިވަޕޫލަށް ދިޔައީ މާ އަވަހަށް: ކޫމަން

9 ފެބުރުވަރީ 2023 - 09:34 0


ގަކްޕޯ ލިވަޕޫލަށް ދިޔައީ މާ އަވަހަށް: ކޫމަން

9 ފެބުރުވަރީ 2023 - 09:34 0

އަމްސްޓެޑަމް (ފެބްރުއަރީ 9) - ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ޕީއެސްވީ އައިންދޯވަން ދޫކޮށް ނެދަލެންޑްސްގެ ފޯވާޑް، ކޯޑީ ގަކްޕޯ، ލިވަޕޫލަށް ބަދަލުވިއިރު، އެއީ މާ އަވަސް އަރުވާލައިގެން ނިންމި ނިންމުމެއް ކަމަށް ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

ފަސް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ގަކްޕޯ، 23، ލައްވައި ސޮއިކުރުވިއިރު، މި ޑީލްގައި ލިވަޕޫލުން ޖުމްލަ އެކު، ކުރާ ހަރަދު 50 މިލިއަން ޑޮލަރަށް އަރާނެ އެވެ. ލިވަޕޫލަށް މިހާތަނަށް ކުޅެދިން ހަ މެޗުން ވެސް ގަކްޕޯ އަށް ލަނޑެއް ޖެހޭގޮތެއްނުވި އެެވެ.

ކުރިން ޕްރިމިއާ ލީގުގައި އެވަޓަން އަށް ކޯޗުކޮށްދިން ކޫމަން ބުނީ ގަކްޕޯ ލިވަޕޫލްގެ ސިސްޓަމަށް ހޭނެން އޮތް އެންމެ ބޮޑު ހުރަަހަކީ އެ ޓީމު މި ވަގުތު ދަށްވެފައި އޮޮތުން ކަމަށެވެ. ހާއްސަކޮށް ގަކްޕޯ ފަދަ ކުޅުންތެރިން، ޒުވާން އުމުރުގައި ކްލަބް ބަދަލުކުރާއިރު، އެ ވަރުގެ ބޮޑު ބަދަލެއް ގެންނަން ވަރަށް ވިސްނަން ޖެހޭނެ ކަމަށް ކޫމަން ވަނީ ބުނެފަ އެވެ.

"އެ ކަހަލަ ޓީމެއްގައި ގޯލު ނުޖަހަންޏާ އެއީ މުހިންމު ކުޅުންތެރިއެއް ނޫން. ޓީމަށް ފައިދާ ނުކޮށްދީ މެޗު ބަދަލުކޮށްލަން އެހީ ނުވަންޏާ، އެއީ އެ ކުޅުންތެރިއަކަށް ޕްރެޝަރު. ހާއްސަ ގޮތެއްގައި ޒުވާން ކުޅުންތެރިއަކަށް އޭގެ ގޮންޖެހުން ބޮޑުވާނެ،" ކޫމަން ބުންޏެވެ.

"އެކަމަކު، އުމުރުން 28 އަހަރުގެ ކުޅުންތެރިއަކަށް މީގެ މި ހުންނަ އާ ކަންކަމަށް ހޭނެން މާ އުނދަގުލެއް ނުވާނެ، ގަކްޕޯ އެ އައީ ބޮޑު ލީގަކަށް ފުރަތަަމަ ފަހަރަށް،"

ލިވަޕޫލަށް ބަދަލުވުމުގެ ކުރިން ނެދަލެންޑްސްގެ ލީގުގައި ކުޅުނު 14 މެޗުން ގަކްޕޯ ވަނީ ނުވަ ގޯލު ޖަހައި، 14 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އެ ފޯމުގައި ހުރި ކުޅުންތެރިއަކު، ބޮޑު ލީގަކަށް ގޮސް ގޯމު ރަނގަޅުކުރަން ބަލާއިރު، އެންމެ މުހިންމީ ގޯލު ޖަހައި، ޓީމުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި އިތުބާރު ހޯދުން ކަމަށް ކޫމަން ވަނީ ބުނެފަ އެވެ.

ގަކްޕޯ ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. ޕީއެސްވީގެ ކޯޗަކީ ނެދަލެންޑްސްގެ ކުރީގެ ފޯވާޑް އަދި މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު ރޫޑް ވޭން ނިސްޓެލްރޫއި އެވެ.

ނިސްޓެލްރޫއީ ވަނީ ޔުނައިޓެޑުން ބޭނުންވީ މި ސީޒަނަށް ފަހު ގަކްޕޯ އަށް ބިޑް ކުރުމަށް ފަހު ކަމަށް ބުނެފަ އެވެ. އެކަމަކު، ނެދަލެންޑްސް އާއި ލިވަޕޫލްގެ ޑިފެންޑަރު، ވާޖިލް ވެން ޑައިކްގެ ލަފާގެ މަތިން، ގަކްޕޯ ނިންމީ ލިވަޕޫލަށް ދިއުމަށް ކަމަށް ނިސްޓެލްރޫއީ ވަނީ ބުނެފަ އެވެ.