Advertisement

ޖޫނިއާ ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕް ފޯރިއާ އެކު ކުރިއަށް

8 ފެބުރުވަރީ 2023 - 19:09 0

ޖޫނިއާ ބާސްކެޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޖޫނިއާ ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕް ފޯރިއާ އެކު ކުރިއަށް

8 ފެބުރުވަރީ 2023 - 19:09 0

ސްކޫލުތަކަށް އަމާޒުކޮށްގެން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ކުރިއަށްގެންދާ ޖޫނިއާ ޗެމްޕިއަންޝިޕް 2023 ފަށައިފި އެވެ.

މިދިޔަ ހޯމަ ދުވަހު ފެށި މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ 17 އަހަރުން ދަށާއި، 19 އަހަރުން ދަށުގެ މެޗުތަކެވެ. އެ ގޮތުން މި ދެ އުމުރުފުރާގެ އަންހެން އަދި ފިރިހެން ބައިގެ މެޗުތައް މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.

މި ފަހަރުގެ ޖޫނިއާ ޗެމްޕިއަންޝިޕަކީ ރެކޯޑު އަދަދެއްގެ ޓީމުތަކެއް ވާދަކުރާ މުބާރާތެކެވެ. އެ ގޮތުން މުބާރާތުގައި ކުޅޭ ހަތަރު އުމުރުފުރާގައި 88 ޓީމަކުން ވާދަކުރާނެ އެވެ.

ޖޫނިއާ ޗެމްޕިއަންޝިޕްގައި ފުރަތަމަ ކުރިއަށްދަނީ 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އުމުރުފުރާ އެވެ.

މުބާރާތުގައި 17 އަހަރުން ދަށުގެ ބައިގައި 16 ސްކޫލަކުން ވާދަކުރެ އެވެ. އެއީ ފިރިހެން ބައިގައި 11 ސްކޫލް އަދި އަންހެން ބައިގައި ފަސް ސްކޫލެކެވެ. 19 އަހަރުން ދަށަށް ބަލާއިރު ފިރިހެން ބައިގައި ތިން ޓީމް އަދި އަންހެން ބައިގައި ހަތަރު ޓީމު ވާދަކުރެ އެވެ.

ސަތާރަ އަހަރުން ދަށުގެ ފިރިހެން ބައި ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ދެ ގްރޫޕުގެ ވެސް ގަދަ ދެ ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭނެ އެވެ. މި އުމުރުފުރާގެ އަންހެން ބައި ކުރިއަށްދަނީ ލީގު އުސޫލުންނެވެ. ފުލަށް ދާ ޓީމު ކަޓާއިރު ގަދަ ހަތަރު ޓީމަށް ސެމީގެ ޖާގަ ލިބޭނެ އެވެ.

ނަވާރަ އަހަރުން ދަށުގެ މެޗުތައް ކުރިއަށްދާނީ ލީގު އުސޫލުން ދެ ބުރު ކުޅޭ ގޮތަށެވެ. އޭގެ ފަހުން ގަދަ ދެ ޓީމް ހޮވޭނީ ފައިނަލަށެވެ.

ޖޫނިއާ ޗެމްޕިއަންޝިޕްގެ 15 އަހަރުން ދަށާއި 13 އަހަރުން ދަށުގެ އުމުރުފުރާގެ މެޗުތައް ފަސްކުރަން ނިންމި ސަބަބަކީ ބޮޑު އުމުރުފުރާގެ ކުޅުންތެރިންގެ އޯލެވެލް އިމްތިހާން ކައިރިވަމުންދާތީ ވީހާވެސް އަވަހަށް އެ ކުދިންގެ މެޗުަތއް ނިންމުމަށެވެ.