Advertisement

ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖްގެ ޗެމްޕިއަންކަން ދަ ބައުސް އާއި އިންކެޑް އަށް

21 މާރިޗު 2024 - 18:12 0

ސިނިއާ ފިރިިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި. ބައުސް ޓީމުގެ ކުޅުންތެރިންނާއި ސްޕޯޓްސް މިނިސްޓަރު ރާފިއު އަދި ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އެޑަމް.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ


ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖްގެ ޗެމްޕިއަންކަން ދަ ބައުސް އާއި އިންކެޑް އަށް

21 މާރިޗު 2024 - 18:12 0

ފޯރިގަދަކޮށް ކުރިއަށްދިޔަ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ މައިލޯ ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖް 2024ގެ ސީނިއާ ބައިގެ ޗެމްޕިއަންކަން ދި ބައުސް އާއި އިންކެޑް އިން ހޯދައިފި އެވެ.

ތުރީ އޮން ތުރީ ސީނިއަ ފިރިހެން ބައި ކެޓަގަރީގެ ޗެމްޕިއަންކަން ދަ ބައުސް އިން ހޯދީ ފައިނަލް މެޗުގައި ޝޫޓާސްއާ ވާދަކޮށް 21-18 ޕޮއިންޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. ބައުސް ޓީމުގައި ހިމެނެނީ، ވިލްދާން، އަމްޒަރު، މަފާޒް އަދި ހުވައިލިދު އެވެ.

ސީނިއާ އަންހެން ބައިގެ ޗެމްޕިއަންކަން އިންކެޑް އިން ހޯދީ ފައިނަލްގައި ރައިސް އަތުން 16-9 ޕޮއިންޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) އެވެ.

އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި އިންކެޑް ކުޅުންތެރިންނާއި ސްޕޯޓްސް މިނިސްޓަރު ރާފިއު އާއި ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އެޑަމް.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ


ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖުގައި މި އަހަރު ޖުމްލަ އެއްކޮށް، ހަތަރު ކެޓަގަރީއަކުން 81 ޓީމު ވާދަކުރި އެވެ.

އެ ގޮތުން، މުބާރާތުގައި އެންމެ ފުރަތަމަ، ކުރިއަށް ގެންދިޔައީ 18 އާއި 13 އަހަރުން ދަށުގެ ބައެވެ. އަދ އަށް ފަހު، 15 އަހަރުން ދަށާއި ސީނިއާ ކެޓަގަރީގެ މެޗުތައް ކުރިއަށްދިޔަ އެވެ. ސީނިއާ ކެޓަގަރީ ނޫން އެހެން ބައިތަކުގައި ވެސް ގިނަ މެޗުތައް ދިޔައީ ފޯރިގަދަކޮށެވެ.

ފަނަރަ އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ވޯރިއާސް އެވެ. ވޯރިއާސް އިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޒާކިން އެފްސީ 12-9 ޕޮއިންޓުން ބަލިކޮށްގެންނެވެ. އަދި މި ކެޓަގަރީގެ އަންހެން ބައިގެ ޗެމްޕިއަންކަން ޖޭޑުން ހޯދީ ފައިނަލުގައި 8-5 ޕޮއިންޓުން މަމްބާ ބަލިކޮށްފަ އެވެ. އަށާރަ އަހަރުން ދަށުގެ ފިިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ވޫ-ޓަންގް އެވެ. އެއީ، ފައިނަލުގައި އެއާބޯލާސް އަތުން 12-7 އިން މޮޅުވެގެންނެވެ.

އަށާރަ އަހަރުން ދަށުގެ އަންހެން ބައިގެ ފައިނަލުގައި 17-12 ޕޮއިންޓުން ސްވިފްޓީސް ބަލިކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ ޕަވާޕަފްގާލްސް އެވެ.

ތޭރަ އަހަރުން ދަށުގެ ކެޓަރަގީ އަށް ބަލާއިރު ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ޑްރެގަން ބާސްކެޓްބޯލް ކްލަބުންނެވެ. އަދި އަންހެން ބައިގެ ތަށި ހޯދީ އީގަލް ރޭސް އެވެ. ޑްރެގަން އިން ފިރިހެން ބައިގެ ފައިނަލުގައި ވަނީ ބްލޫމް ސްކޮޑުގެ މައްޗަށް 10-3 ޕޮއިންޓުން ކުރިހޯދައިފަ އެވެ. އަންހެން ފައިނަލުގައި ސްޕާކް އަތުން އީގަލް ރޭސް މޮޅުވީ، 4-3 ޕޮއިންޓުންނެވެ.

ކޮންމެ ރޯދަ މަހެއްގައި ވެސް ތުރީ އޮން ތުރީ ގިނަ މުބާރާތްތަކެއް ބާއްވަ އެވެ. މި ފަހަކަށް އައިސް ރާއްޖޭގައި ތުރީ އޮން ތުރީ ބާސްކެޓްގެ ފޯރި ގަދަވަމުން އަންނައިރު، އިންޓަނޭޝަނަލް މުބާރާތްތަކުގައި ވެސް އަންނަނީ ކުރިއެރުން ހޯދަމުންނެވެ. އެ ގޮތުން، އެންމެ ފަހުން، ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ތުރީ އޮން ތުރީ ޓީމުތަކުން ލޯ މެޑަލް ހޯދައިފަ އެވެ.