Advertisement

އިންޑޮނީޝިއާގައި މާސްޓާސްއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި

8 ފެބުރުވަރީ 2023 - 13:00 0

ނިމާ ހަސަން

ނިމާ ހަސަން


އިންޑޮނީޝިއާގައި މާސްޓާސްއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި

8 ފެބުރުވަރީ 2023 - 13:00 0

އިންޑޮނީޝިއާއިން މާސްޓާސް ޑިގްރީއަށް ކިޔެވުމަށް ފުލީ-ފަންޑެޑް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފި އެވެ.

'ކޭއެންބީ ސްކޮލާޝިޕް 2023'ގެ ދަށުން ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލީ ރާއްޖޭގެ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއި، އެންޖީއޯތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށާއި، ތައުލީމު އުގަންނައިދިނުމުގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ.

މި ސްކޮލާޝިޕްގެ ދަށުން، ހިއުމަނިޓީޒް، އެޑިއުކޭޝަން، ސައިންސެސް، ސޯޝަލް ސައިންސެސް އަދި އިންޖީނިއަރިން ދާއިރާއިން އޮފާކުރާ ގިނަ ކޯސްތަކުގެ ތެރެއިން ކޯހެއް ހިޔާރު ކުރެވޭނެ އެވެ. އަދި އެ ކޯހަކާއި ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައި ވާން ޖެހެ އެވެ.

މި ސްކޮލާޝިޕަށް އެދި ހުށަހަޅާ ފަރާތަކީ، މިމަހު 12 ވަނަ ދުވަހުގެ ނިޔަލަށް 36 އަހަރުވެފައި ނުވާ މީހަކަށް ވާން ޖެހެ އެވެ. އަދި، IBT TOEFL އިން 80 މަތި ނުވަތަ IELTS އިން އޯވާއޯލް ސްކޯ މަދުވެގެން 6.9 ލިބިފައިވާން ޖެހެ އެވެ.

މީގެ އިތުރުން، ސްކޮލާޝިޕަށް އެދި ހުށަހަޅަނީ މިނިސްޓްރީން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފްލޯޓެއް ނުވެ އެ ލޯނު ދައްކާ މީހަކަށް ވާން ޖެހެ އެވެ. އަދި ސްކޮލާޝިޕަށް އެދޭ ކޯހަކީ، މިހާރު ފުރިހަމަކޮށްފައިވާ ކޯހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށް ވާނެ ޖެހޭއިރު، ސްކޮލާޝިޕަށް އެދޭ ކޯހާ އެއް ފެންވަރުގެ ކޯހެއް ދައުލަތުގެ ހަރަދުގައި ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ކޭއެންބީން ސްކޮލާޝިޕްގެ ފަރާތުން ހުރިހާ ހަބަރެއް ކުރާ މި ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ އަންނަ އާދިއްތަ ދުވަހުގެ 10:30އާ ހަމައަށް ހުޅުވާލާފަ އެވެ. އެކަމާ ބެހޭ އިތުރު މައުލޫމަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.