Advertisement

ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފު އަވަހާރަވެއްޖެ

5 ފެބުރުވަރީ 2023 - 11:47 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފު - ފޮޓޯ: ފައިލް


ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފު އަވަހާރަވެއްޖެ

5 ފެބުރުވަރީ 2023 - 11:47 0

ދުބާއި (ޖެނުއަރީ 05) - ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފު އަވަހާރަވެއްޖެ އެވެ.

މުޝައްރަފު އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލަސްކަންފުޅަށް ފަރުވާ ހޯއްދެއްވުމަށް ދުބާއީގާ ހުންނަ އެމެރިކަން ހޮސްޕިޓަލްގައި މިއަދު ހެދުނުގެ ވަގުތެއްގަ އެވެ.

ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މުޝައްރަފު ފަރުވާހޯއްދަވަމުން ގެންދެވީ އެމީލޮއިޑިސް ބައްޔަށެވެ. އަދި އޭނާގެ އާއިލާއާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވަނީ އޭނާ އެ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ މިހާރު ވަނީ ދެތިން މަސްވެފަ އެވެ.

މުޝައްރަފު ދުބާއީގައި ދިރިއުޅުއްވަމުން ގެންދަވާތާ މިހާރު ވަނީ ހަތް އަހަރުވެފަ އެވެ. އޭނާ ދުބާއީއަށް ދިރިއުޅުން ބަދަލުކުރެއްވީ އޭނާގެ މައްޗަށް ކޮށްފައިވާ ހިޔާނާތުގެ ހުކުމް ހިނގަމުންދަނިކޮށް ހާއްސަ ޝަރުތެއްގެ ދަށުން ބޭސްފަރުވާ އަށެވެ.

1999 ވަނަ އަހަރު ބަގާވާތަކަށްފަހު ވެރިކަމަށް މުޝައްރަފު ވަޑައިގަތީ އޭރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މަގާމުން ދުރުކުރެއްވުމަށްފަހު އެވެ. މުޝައްރަފުގެ މައްޗަށް ހިޔާނާތުގެ ހުކުމް ކުރީ 2019 ވަނަ އަހަރު އެވެ.