Advertisement

ލާދީނީ ކޮންޓެންޓް ހުރި ކަމަށް ބުނެ ޕާކިސްތާނުގައި ވިކިޕީޑިއާ ބްލޮކްކޮށްފި

5 ފެބުރުވަރީ 2023 - 10:37 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

ޕީޓީއޭ އިން ބުނިގޮތުގައި އެފަދަ ކޮންޓެންޓް ރިމޫވްކޮށްދިނުމަށް އެދި ކޯޓު އަމުރަކާއި އެކު މިމަހުގެ އެއް ވަނަ ދުވަހު އެ އިދާރާއިން ވަނީ ވިކިޕީޑިއާއަށް އަންގާފަ


ލާދީނީ ކޮންޓެންޓް ހުރި ކަމަށް ބުނެ ޕާކިސްތާނުގައި ވިކިޕީޑިއާ ބްލޮކްކޮށްފި

5 ފެބުރުވަރީ 2023 - 10:37 0

ލާދީނީ ކޮންޓެންޓް ހުރި ކަމަށް ބުނެ ޕާކިސްތާނުގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޕީޓީއޭ) އެ ގައުމުގައި ވިކިޕީޑިއާ ބްލޮކްކޮށްފި އެވެ.

ޕީޓީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ވިކިޕީޑިއާ ބްލޮކްކޮށްފައިވަނީ އެ ސައިޓްގައި ހިމެނޭ އިސްލާމްދީނާ ނުގުޅޭ ކޮންޓެންޓް ރިމޫވް ކުރުމަށް އެ ސައިޓިގުގައި އެދުމުން އެކަން ކޮށްނުދިނުމުން ކަމަށެވެ.

ޕީޓީއޭ އިން ބުނިގޮތުގައި އެފަދަ ކޮންޓެންޓް ރިމޫވްކޮށްދިނުމަށް އެދި ކޯޓު އަމުރަކާ އެކު މިމަހުގެ އެއް ވަނަ ދުވަހު އެ އިދާރާއިން ވަނީ ވިކިޕީޑިއާއަށް އަންގާފަ އެވެ. ނަމަވެސް ވިކިޕީޑީއާއިން އެކަމަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހެދުމުން އެ ސައިޓްގެ އެކްސެސް ޕާކިސްތާނުގައި މިދިޔަ ދެތިން ދުވަހު ދަށްކޮށްފައިވާނެ ކަމަށް ބުނެފައިވެ އެވެ.

ޕީޓީއޭ އިން ބުނީ ސައިޓް ބްލޮކް ކުރުމުގެ ކުރިން އެކަމުގެ އިންޒާރު ވިކިޕީޑިއާއަށް ދީފައިވާނެ ކަމަށެވެ.

ވިކިޕީޑިއާގައި ހުރި ލާދީނީ ކޮންޓެންޓު ސީދާ ތަފްސީލް އެ އިދާރާ މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެއީ ޕާކިސްތާން ފަދަ މުސްލިމް މެޖޯރިޓީ ގައުމެއްގެ އަގުވެއްޓޭ ފަދަ އެގައުމުގެ ގާނޫނާ ހިލާފު ކޮންޓެންޓް ކަމަށް އެ އިދާރާއިން ބުނެ އެވެ.

ޕީޓީއޭގެ އޮފިޝަލަކާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވަނީ، މި މައްސަލައާ ގުޅޭ ގޮތުން ދެ ފަރާތުން އަދިވެސް އަންނަނީ ވާހަކަ ދައްކަމުން ކަމަށެވެ. އަދި ޕީޓީއޭ އިން ބުނެފައިވާ ކޮންޓެންޓް ރިމޫވް ކުރުމުން އެ ސައިޓް އަންބްލޮކް ކުރުމަށް އެ އިދާރާއިން އެއްބަސްވާކަމަށް ބުނެފައިވެ އެވެ.

ވިކިޕީޑިއާއިން މިހާތަނަށް މިކަމާ ބެހޭގޮތުން ބަހެއް ބުނެފައެއް ނުވެ އެވެ.