Advertisement

އެތުލެޓިކްސް އެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

4 ފެބުރުވަރީ 2023 - 11:08 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު


އެތުލެޓިކްސް އެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

4 ފެބުރުވަރީ 2023 - 11:08 0

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވެސްގެ މި އަހަރުގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

މި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް ސެކްރެޓަރީ އަހްމަދު މުންތަގިމް އެވެ.

އެތުލެޓިކްސް އެސޯސިއޭޝަންއަކީ ރާއްޖޭގެ ޓްރެކް އެންޑް ފީލްޑް، ރޯޑް ރޭސް އަދި ރޭސް ވޯކިންގެ އެކި ހަރަކާތްތައް ބަލަހައްޓާ ހިންގާ އިދާރާ އެވެ. މި ޕާޓްނަޝިޕް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެތުލެޓިކްސް މުބާރާތްތައް ކުރިއެރުވުމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ދިރާގުން ދަނީ ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.