4 ފެބުރުވަރީ 2023 - 10:56 0
މުހައްމަދު ހަފީޒު
4 ފެބުރުވަރީ 2023 - 10:56 0
ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި މަގާމަށް ޝައުގުވެރިވާ ފާރަތަކުން މަގާމަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 16 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އަދި މިކަމަށް އެދޭ ފޯމް ޕެންޝަން އޮފީހުގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެ އެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ހިންގަމުން ގެންދަނީ އަށް މެންބަރުން ހިމެނޭ ބޯޑެއްގެ ދަށުންނެވެ. އޭގެ ތެރެއިން ޕްރައިވެޓް ސެކްޓާއިން ބޯޑްގައި ހަތަރު މެމްބަރަކު ހިމެނެ އެވެ. މިހާރު މެމްބަރަކު ހޯދަން އިއުލާންކުރި އޭގެ ތެރެއިން އެކަކު މަގާމުން ވަކިވެފައިވާތީ ކަމަށް ޕެންޝަން އޮފީހުން މައުލޫމާތުދެ އެވެ.
ޕެންޝަން އޮފީހުގެ ބޯޑު އެކުލެވެނީ ބޯޑުގެ ޗެއާޕާސަނާއި ސެކިއުރިޓީސް މާކެޓް ރެގިއުލޭޓަގެ އިސް މުވައްޒަފަކާއި، ފިނޭންސް މިނިސްޓްރީގެ ސިވިލް ސާވިސްގެ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާ ބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި އަދި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއެއް އަދާނުކުރާ ޕްރައިވެޓް ސެކްޓަ ތަމްސީލުކުރާ ހަތަރު މެމްބަރަކާ އެކީގަ އެވެ.
ޕެންޝަން އޮފީހުން ބުނީ ޕްރައިވެޓް ސެކްޓަ ތަމްސީލުކުރާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށް ގެންދަން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ތިން ނަމެއް ޝޯޓްލިސްޓްކޮށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އެ މީހުން ޝަރުތު ހަމަވޭތޯ ޔަގީންކުރުމަށް ފަހު އެވެ.
Comment