Advertisement

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި

1 ފެބުރުވަރީ 2023 - 17:27 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ބްރޯޑްކޮމްގެ ބަައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ކޮމިޝަން


ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި

1 ފެބުރުވަރީ 2023 - 17:27 0

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފި އެވެ.

ބްރޯޑްކޮމްގެ ގޮނޑިއެއް ހުސްވެފައި ވަނީ 2019 ވަނަ އަހަރުން ފެށިގެން އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ގައިސް އެ މަގާމުން އިސްތިއުފާ ދެެއްވުމާ ގުޅިގެންނެވެ. ގައިސް މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ އަށްވަނަ ދުވަހު އެވެ.

ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.

ރައީސް އޮފީހުން މިއަދު ބުނީ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ފެބުރުވަރީ އަށް ވަނަ ދުވަހުގެ މެންދުރު 12:30 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.

މުއްދަތު އިތުރު ކުރަން ނިންމާފައިވަނީ މި މަހުގެ ހަ ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ. އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވާތީ އެވެ.

ބްރޯޑްކޮމްގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި އައިމިނަތު އަމީނާ އާއި އަލީ ޔޫސުފާއި މުހައްމަދު ފަޒީނާއި ޝިފްލާ އިބްރާހިމް އަދި އަމްޖަދު ވަހީދެވެ.