Advertisement

މި ހިނގާ ހިޖުރީ އަހަރުގެ މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅައިފި

1 ފެބުރުވަރީ 2023 - 08:13 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މީހަކު ފިތުރު ޒަކާތް ދައްކަނީ.


މި ހިނގާ ހިޖުރީ އަހަރުގެ މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅައިފި

1 ފެބުރުވަރީ 2023 - 08:13 0

މި ހިނގާ 1444ހ. އަހަރުގެ މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅާ އިސްލާމިކް މިނިސްޓްރީއިން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މުދަލު ޒަކާތުގެ ނިސާބު ކަނޑއަޅުމުގައި އެ މިނިސްޓްރީން އަމަލުކުރާ އުސޫލުގެ ދަށުން މި އަހަރަށް ކަނޑައެޅި ނިސާބަކީ 7062.65ރ. ކަމަށެވެ.

އަދި، މި ނިންމުމަށް އަމަލުކުރަން ފަށާ ތާރީހަކީ 30 ޖަނަވަރީ 2022 ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ މިނިސްޓްރީއިން ބުނީ މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނެއް ކަމަށް ވީހިނދު، މިލްކިއްޔާތުގައި ނިސާބު ހަމަވެ އަހަރެއް ވުމުން، ޝަރުއީ ހަމަތަކުން ޒަކާތް ނެރުމަށް ނަސޭހަތްތެރިވާ ކަމަށެވެ. މުދަލު ޒަކާތުގެ އަދަދަކީ ނިސާބުގެ 40 ބައިކުޅަ އެއްބައި (%2.5) އެވެ.

މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި އިސްލާމިކް މިނިސްޓްރީއިން ބަލަނީ ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުގެ ސަބަބުން މުދަލު ޒަކާތުގެ ނިސާބަށް އެކި ފަހަރުމަތިން ބަދަލުއާދެ އެވެ.